ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##

ޙައްޖު 1432
ޙައްޖުގެ އަޅުކަމަށް ފަހު........!
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1975 ފަހަރު]

ލޮބުވެތި ޙައްޖުވެރިންނޭވެ! ނިކަން ވިސްނާ ފިކުރުކޮށްލައްވާށެވެ. ޤަބޫލު ކުރައްވަނިވި ޙައްޖެއްގައި ޢަލާމާތްތަކެއް ވާނެއެވެ. މީގެތެރެއިން އެންމެ ފާޅުކަންބޮޑު އަލާމާތަކީ މާތް ﷲ އަށް އަޅުވެތިވުމުގައި ދެމި ހުރުމެވެ. އަދި ޙައްޖުގެ އަޅުކަމުގެ ކުރިން ތިބާހުރި ހާލަތަށް ވުރެ ޙައްޖުގެ ފަހުން ތިބާގެ ހާލަތު ރަނގަޅުވުމެވެ.


ޙައްޖު 1432
1432 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ 2011 ނޮވެމްބަރު 5 ވާ ހޮނިހިރު ދުވަސް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1703 ފަހަރު]

މިރޭ ސުޢޫދީ ޢަރަބިއްޔާގެ ސުޕްރީމް ކޯޓުން ނެރެފައިވާ ޤަރާރުގައި ވާ ގޮތުގެ މަތިން 1432 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ 2011 ވަނަ އަހަރުގެ ނޮވެމްބަރު 5 ވާ ހޮނިހިރު ދުވަހެވެ. އަދި އަދި މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ 2011 ވަނަ އަހަރުގެ ނޮވެމްބަރު 6 ވާ އާދިއްތަ ދުވަހެވެ.


ޙައްޖު
"މިއަޅާ ޙާޟިރުވަމެވެ. އިބަ ﷲއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ."
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 3403 ފަހަރު]

ޙައްޖުގެ އަޅުކަމުގެ މައިގަނޑު ޝިޢާރުތައް ބިނާވެގެންވަނީ މާތް ﷲ ގެ ވަޙްދާނިއްޔަތު އެއްކައުވަންތަކަމުގެ މައްޗަށެވެ. އަދި ކިއެއްތަ ކަޢުބާ ބިނާކުރެވި ޙައްޖު ފަރުޟު ކުރެވުނީވެސް މި މަތިވެރި މަޤްޞަދުގައެވެ.


ޙައްޖު
އަލްމަސްޖިދުއްނަބަވީގައި ކުރެވޭ ނަމާދުގެ މާތްކަން
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 3002 ފަހަރު]

ޞަޙީހުލްބުޙާރީ އަދި ޞަޙީހު މުސްލިމުގައި ރިވާ ވެގެން އައިސްފައިވާ ގޮތުގައި ޙައްޖުގެ ކުރީގައި ނުވަތަ ފަހުގައި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމުގެ މިސްކިތް ، އަލްމަސްޖިދުއްނަބަވީ އަށް ޒިޔާރަތްކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ އަލަހި ވަސައްލަމް ޙަދީޘް ކުރައްވާ ކަމަށް އަބޫހުރައިރާ ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. { صَلاَةٌ فِي مَسجِدِي هَذَا خَيرٌ مِن أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ المَسجِد الحَرَام } ([1]) " ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ( އެބަހީ: އަލްމަސްޖިދުއްނަބަވީގައި ) ކުރާ އެއް ނަމާދު، އަލްމަސްޖިދުލްހަރާމް ފިޔަވައި އެހެންމިސްކިތެއްގައި ކުރާ 1000 އެއްހާސް ނަމާދަށްވުރެ ހެޔޮވެގެންވެއެވެ."


ޙައްޖު
ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 3609 ފަހަރު]

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލްވަންވެރިކަމުން އަޅުގަނޑުމެންނަށް ގުނާ ޢަދަދު ނުކުރެވޭހާ ގިނގުނަ ނިޢުމަތްއް ދެއްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا)( ސޫރަތުލް އިބްރާހީމް:34) މާނައީ: "ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަނަމަ، ތިޔަބައިމީހުންނަށް އެނިޢުމަތްތައް ޢަދަދު ނުކުރެވޭހުއްޓެވެ." މިގޮތުން، އަޅުގަނޑުމެންނަށްޓަކައި އެ އިލާހު ބައެއް ޒަމާންތައް މާތްކުރައްވާ އެޒަމާންތަކުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެހެނިހެން ދުވަސްތަކުގައި ކުރާ ޢަމަލުތަކަށްވުރެ އިތުރުކޮށްދެއްވައެވެ. އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި މިވާ ޙައްޖު މަހުގެ ފުރުތަމަ ދިހަ ދުވަހަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެހެނިހެން ދުވަސްތަކަށްވުރެ މާތްކުރައްވާ މި ދުވަސްތަކުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުކުރައްވާފައިވާ ދުވަސްތަކެކެވެ.


 
 
 

 

 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429