ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##

ޙައްޖު



"މިއަޅާ ޙާޟިރުވަމެވެ. އިބަ ﷲއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ."
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2765 ފަހަރު]

ޙައްޖުގެ އަޅުކަމުގެ މައިގަނޑު ޝިޢާރުތައް ބިނާވެގެންވަނީ މާތް ﷲ ގެ ވަޙްދާނިއްޔަތު އެއްކައުވަންތަކަމުގެ މައްޗަށެވެ. އަދި ކިއެއްތަ ކަޢުބާ ބިނާކުރެވި ޙައްޖު ފަރުޟު ކުރެވުނީވެސް މި މަތިވެރި މަޤްޞަދުގައެވެ.
އަލްމަސްޖިދުއްނަބަވީގައި ކުރެވޭ ނަމާދުގެ މާތްކަން
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2563 ފަހަރު]

ޞަޙީހުލްބުޙާރީ އަދި ޞަޙީހު މުސްލިމުގައި ރިވާ ވެގެން އައިސްފައިވާ ގޮތުގައި ޙައްޖުގެ ކުރީގައި ނުވަތަ ފަހުގައި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމުގެ މިސްކިތް ، އަލްމަސްޖިދުއްނަބަވީ އަށް ޒިޔާރަތްކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ އަލަހި ވަސައްލަމް ޙަދީޘް ކުރައްވާ ކަމަށް އަބޫހުރައިރާ ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. { صَلاَةٌ فِي مَسجِدِي هَذَا خَيرٌ مِن أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ المَسجِد الحَرَام } ([1]) " ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ( އެބަހީ: އަލްމަސްޖިދުއްނަބަވީގައި ) ކުރާ އެއް ނަމާދު، އަލްމަސްޖިދުލްހަރާމް ފިޔަވައި އެހެންމިސްކިތެއްގައި ކުރާ 1000 އެއްހާސް ނަމާދަށްވުރެ ހެޔޮވެގެންވެއެވެ."
ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 3057 ފަހަރު]

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލްވަންވެރިކަމުން އަޅުގަނޑުމެންނަށް ގުނާ ޢަދަދު ނުކުރެވޭހާ ގިނގުނަ ނިޢުމަތްއް ދެއްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا)( ސޫރަތުލް އިބްރާހީމް:34) މާނައީ: "ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަނަމަ، ތިޔަބައިމީހުންނަށް އެނިޢުމަތްތައް ޢަދަދު ނުކުރެވޭހުއްޓެވެ." މިގޮތުން، އަޅުގަނޑުމެންނަށްޓަކައި އެ އިލާހު ބައެއް ޒަމާންތައް މާތްކުރައްވާ އެޒަމާންތަކުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެހެނިހެން ދުވަސްތަކުގައި ކުރާ ޢަމަލުތަކަށްވުރެ އިތުރުކޮށްދެއްވައެވެ. އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި މިވާ ޙައްޖު މަހުގެ ފުރުތަމަ ދިހަ ދުވަހަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެހެނިހެން ދުވަސްތަކަށްވުރެ މާތްކުރައްވާ މި ދުވަސްތަކުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުކުރައްވާފައިވާ ދުވަސްތަކެކެވެ.
ޙައްޖަކީ އެކުވެނި އަޅުކަމެއް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1338 ފަހަރު]

އިންސާނީ ނަފުސުގެ އެންމެހާ އުނިކަންތައްތައް އިސްލާހުކޮށް، ހަމަމަގަށް އެޅުމަށްޓަކައި އެންމެ ފައިދާ ކުރަނިވި އެއްފަރުވާއަކީ ޙައްޖުގެ މަތިވެރި އަޅުކަމެވެ. އިންސާނާގެ ހިތުގައި އުފެދޭ ތަފާތު އެކިއެކި ބަލިތަކަށް އެކިއެކި ބާވަތްބާވަތުގެ ފަރުވާ ލައްވާފައިވާއިރު، ޙައްޖުގެ އަޅުކަމަކީ މިއެންމެހާ ބަލިތަކުގެ ޖާމިޢު އެކުވެނިއު ފަރުވާއެވެ. ލާބަހުރި މަންފާކުރެނިވި ގޮތެއްގައި މިއަޅުކަން އަދާކުރެވިއްޖެނަމަ މިއިން ފައިދާ ލިބުމީ އޭގައި ޝައްކެއްވާކަމެއް ނޫނެވެ. އިސްލާމްދީނުގައި ކަނޑައަޅާފައިފައިވާ އެންމެހާ އަޅުކަމެއްގެ ރޫޙު މިއަޅުކަމުގައި އެކުލެވިފައިވުމަކީ މީގެ އެންމެ ބޮޑު އެއްހެއްކެވެ.
ޙައްޖު - ފިޔަވަޅަކުން ފިޔަވަޅަކުން
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1244 ފަހަރު]

މިއީ ސުޢޫދީ ޢަރަބިއްޔާގެ ވުޒާރަތުއް ޝުއޫނިލް އިސްލާމިއްޔާ ވަލް އައުޤާފް ވައްދަޢުވާ ވަލްއިރުޝާދުގެ ބެއްލެވުމުގެ ދަށުން، ޙައްޖުވެރިންނަށް ދީނީ ލީފްލެޓްތައް ބެހުމާއިބެހޭ ކޮމިޓީ އިން ޢަރަބި ބަހުން ތައްޔާރުކުރައްވާފައިވާ ލީފްލެޓެއްގެ ދިވެހި ތަރުޖަމާއެވެ.
ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް މުހިއްމު އިރުޝާދުތަކެއް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1793 ފަހަރު]

މީހުން ގިނަވެ، މިސްކިތުގެ އެތެރެ ފުރިބާރުވެއްޖެކަމާއި، އަދި އެ ދޮރުން ނުވަދެވޭނެކަން އެންގުމުގެ ގޮތުން މަސްޖިދުލް ޙަރާމްގެ ކޮންމެ ދޮރެއްގެ މަތީގައި ފާހަގަ ތަކެއް ވާނެއެވެ.
Page Number :  

 
 
 

 

 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429