ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##

ޙައްޖު 1429ދިވެހި އަމީރުލްޙައްޖު ޙައްޖުވެރިންނާ ބައްދަލުކުރައްވައި ޙާލުއަޙުވާލު ބައްލަވާލައްވައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 801 ފަހަރު]

ޑިސެމްބަރ 2، 2008 (އަންގާރަ) : މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްފައިވާ ދިވެހި ޙައްޖުވެރިންގެ އަމީރެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް، ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައި ޙާލުއަޙުވާލު ބައްލަވާލައްވައިފިއެވެ
ދިވެހި އަމީރުލްޙައްޖުގެ ގޮތުގައި ނޫރުލްއިސްލާމްގެ މުޝްރިފް ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މައްކާއަށް ވަޑައިގެންފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1005 ފަހަރު]

ދިވެހި އަމީރުލްޙައްޖުގެ ގޮތުގައި ނޫރުލްއިސްލާމްގެ މުޝްރިފް ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މައްކާއަށް ވަޑައިގެންފި
މިއަހަރުގެ ޢަރަފާތްދުވަހަކީ 7 ޑިސެމްބަރ ވާ އާދީއްތަ ދުވަސް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 875 ފަހަރު]

މިއަހަރުގެ ޙައްޖުމަހުގެ ފުރަތަމަ ދުވަހަކީ ނޮވެމްބަރ މަހުގެ 29 ވީ ހޮނިހިރު ދުވަސްކަމުގައި ސުޢޫދީ ޢަރަބިއްޔާގެ މަޖްލިސުލް ޤަޟާއިލް އަޢްލާ އިން އިޢުލާން ކުރައްވައިފިއެވެ.
ސިސިލްފަރު، އަތަމާ އަދި ޞަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ ދަތުރު ނިންމާލުމަށްފަހު މައްކާއަށް އެނބުރި ހިނގައްޖެ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 917 ފަހަރު]

26 ނޮވެމްބަރ 2008 ބުދަ [މަދީނާ] : މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސިސިލްފަރު ގުރޫޕާއި އަތަމާ ގުރޫޕާއި ޞަފާ ގުރޫޕްގެ ޙަވާލުގައި މައްކާއަށް އަށް އައި ޙައްޖުވެރިން މަދީނާއަށް ކުރި ދަތުރު ނިންމާލުމަށްފަހު އިއްޔެ ހަވީރުގެ ވަގުތެއްގައި މައްކާއަށް ފުރައިފިއެވެ.
ސިސިލްފަރު، އަތަމާ އަދި ޞަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ މުހިއްމު ތަންތަނަށް ޒިޔާރަތްކޮށްފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 922 ފަހަރު]

25 ނޮވެމްބަރ 2008 އަންގާރަ [މަދީނާ] : މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސިސިލްފަރު ގުރޫޕާއި އަތަމާ ގުރޫޕާއި ޞަފާ ގުރޫޕްގެ ޙަވާލުގައި މައްކާއަށް އަށް އައި ޙައްޖުވެރިން މިހާރު މަދީނާއަށް ކުރަމުން ދާ ދަތުރުގައި އިއްޔެ މެންދުރު ފަހު މަދީނާގެ މުހިއްމު ތަންތަނަށް ޒިޔާރަތްކޮށްފިއެވެ.
ސިސިލްފަރު ގުރޫޕާއި ޞަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް އަތުވެއްޖެ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 904 ފަހަރު]

23 ނޮވެމްބަރ 2008 އާދީއްތަ (ރޭގަނޑު 11:00) މަދީނާ : މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސިސިލްފަރު ގުރޫޕާއި ޞަފާ ގުރޫޕްގެ ޙަވާލުގައި މައްކާއަށް އައި ޙައްޖުވެރިން މަދީނާއަށް އަތުވެއްޖެއެވެ. މިދެ ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް އައުމަށް މައްކާއިން ފުރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
އަލްމަނާސިކާއި ޒަޢީ ގުރޫޕްގެ ޙައްޖުވެރިން މިއަދު މަދީނާއިން މައްކާއަށް ފުރާނެ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 803 ފަހަރު]

23 ނޮވެމްބަރ 2008 އާދީއްތަ (ހެނދުނު 6:00) : އަލްމަނާސިކް ޙައްޖު ޢުމްރާ ގުރޫޕްގެ ޙަވާލުގައި މި އަހަރު ޙައްޖަށް އައި 187 ޙައްޖުވެރިން މަދީނާއަށް މިހާރު ކުރަމުންދާ ޒިޔާރަތް ނިންމުމަށްފަހު މިއަދު މައްކާއަށް ދިޔުމަށް ފުރާނެކަމަށް އެގުރޫޕުގެ އިސްވެރިއެއް ކަމަށްވާ ޝައިޚް ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ޒަޢީ ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ މުހިއްމު ތަންތަނަށް ޒިޔާރަތްކޮށްފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 822 ފަހަރު]

21 ނޮވެމްބަރު 2008 ހުކުރު (މަދީނާ) : ޒަޢީ ގުރޫޕްގެ ޙަވާލުގައި މިއަހަރު ޙައްޖަށް އައި ޙައްޖުވެރިން މަދީނާގެ މުހިއްމު ތަންތަނަށް މިއަދު މެންދުރުފަހު ޒިޔާރަތްކޮށްފިއެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ޒަޢީ ގުރޫޕްގެ 208 ޙައްޖުވެރިން މިއަދު މެންދުރުފަހު 2:30ގައި މި ދަތުރުކޮށްފައިވަނީ 4 ބަހުގައެވެ.
ޒަޢީ ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް އަތުވެއްޖެ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 938 ފަހަރު]

20 ނޮވެމްބަރު 2008 ބުރާސްފަތި (މަދީނާ) : ޒަޢީ ގުރޫޕްގެ ޙަވާލުގައި މިއަހަރު ޙައްޖަށް އައި ޙައްޖުވެރިން މިރޭ މަދީނާއަށް އަތުވެއްޖެއެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ޒަޢީ ގުރޫޕްގެ 208 ޙައްޖުވެރިން މިއަދު ހެނދުނު 8:30 ހާއިރު މައްކާއިން މަދީނާއަށް ދަތުރު ކުރީ 5 ބަހުގައެވެ.
އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ މުހިއްމު ތަންތަނަށް ޒިޔާރަތް ކޮށްފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 845 ފަހަރު]

20 ނޮވެމްބަރު 2008 ބުރާސްފަތި (މަދީނާ) : އަލްމަނާސިކް ޙައްޖު ޢުމްރާ ގުރޫޕްގެ ފަރާތުން މިއަހަރު ޙައްޖަށް އައި 187 މީހުން މިއަދު ހެނދުނު މަދީނާގެ އެކި އެކި ތަންތަނަށް ޒިޔާރަތްކޮށްފިއެވެ.
Page Number :  < 1  2 3 > 

 
 
 

 

 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429