ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##

ޙައްޖު 1429ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ހަވީރު މަދީނާއަށް އަތުވެއްޖެ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 864 ފަހަރު]

18 ނޮވެމްބަރު 2008 (އަންގާރަ) : ރޭގަނޑު 11:30 - މިއަދު ހެނދުނު 9:00 ގައި މައްކާއިން މަދީނާއަށް 4 ބަހުގައި ދަތުރު ފެށި އަލްމަނާސިކް ޙައްޖު ޢުމްރާ ގުރޫޕްގެ 190 އެއްހާ ޙައްޖުވެރިން މިއަދު ހަވީރު 4:45 ހާއިރު މަދީނާއަށް އަތުވެއްޖެއެވެ. ޙައްޖުވެރިން މަދީނާއަށް އައި އިރު، ޙައްޖުވެރިން ތިބުމަށް ހަމަޖައްސާފައިހުރި ހޮޓަލުގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދިވެހި ކުދިން، ޙައްޖުވެރިންނަށް މަރުޙަބާ ދެންނެވުމަށް ތިބިއެވެ. އަދި ޢިޝާ ނަމާދުގެ ފަހުން ގާތްގަނޑަކަށް 10:30 ވަންދެން އެކުދިން ޙައްޖުވެރިންނަށް އެހީތެރިވުމުގައި ޙަރަކާތްތެރިވެފައިވެއެވެ.
އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް ދަތުރު ފަށައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 812 ފަހަރު]

ނޮވެމްބަރު 2008 (އަންގާރަ) : ހެނދުނު 9:45 އަލްމަނާސިކް ޙައްޖު ޢުމްރާ ގްރޫޕްގެ ޙަވާލުގައި މިއަހަރު ޙައްޖަށް އައި 190 ޙައްޖުވެރިން މަދީނާއަށް އައުމަށް ދަތުރު ކުރަމުން އެބަދެއެވެ.
އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން މާދަމާ މަދީނާއަށް ޒިޔާރަތް ކުރާނެ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 787 ފަހަރު]

ނޮވެމްބަރު 2008 (ހޯމަ) : އަލްމަނާސިކް ޙައްޖު ޢުމްރާ ގްރޫޕްގެ ޙަވާލުގައި މިއަހަރު ޙައްޖަށް އައި 187 ޙައްޖުވެރިން މާދަމާ 18 ނޮވެމްބަރު 2008 ވާ އަންގާރަދުވަހު މަދީނާއަށް ޒިޔާރަތްކުރާނެ ކަމަށް އެ ގުރޫޕުން މަޢުލޫމާތު ދެއްވައިފިއެވެ.
އަލްމަނާސިކް ގުރޫޕުން ޙައްޖަށް އައި ޙައްޖުވެރިންގެ ޙާލު ބެއްލެވުމަށް ރާއްޖެއިން ގުޅަންޖެހޭ ނަންބަރު ހާމަކޮށްފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 835 ފަހަރު]

ނޮވެމްބަރު 2008 (އާދީއްތަ) : މައްކާ: އަލްމަނާސިކް ގުރޫޕުން ޙައްޖަށް އައި ޙައްޖުވެރިންގެ ޙާލު ބެއްލެވުމަށް ގުޅާނެ ނަންބަރު ހާމަކޮށްފިއެވެ
ހުރިހާ ދިވެހި ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 843 ފަހަރު]

ނޮވެމްބަރު 2008 (އާދީއްތަ) : މައްކާ: މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް އިއްޔެ މައްކާއަށް އައި ދިވެހި ޙައްޖުވެރިންގެ ޙާލު ރަނގަޅުކަމަށް ގުރޫޕްތަކުން މަޢުލޫމާތު ދެއްވައެވެ. އިއްޔެ ސިސިލްފަރު ގުރޫޕްގެ ޙަވާލުގައި 196 މީހަކު މައްކާއަށް އައިސްފައިވާއިރު، އަލްމަނާސިކް ގުރޫޕްގެ 86 މީހަކު ވަނީ މައްކާއަށް އައިސްފައެވެ.
ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ސުޢޫދީ ޢަރަބިއްޔާގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1038 ފަހަރު]

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދިވެހި ޙައްޖުވެރިންގެ ތެރެއިން ބައެއް ހައްޖުވެރިން ސުޢޫދީ ޢަރަބިއްޔާއަށް އަތުވެއްޖެއެވެ. މިއަދު ސުޢޫދީ ގަޑިން މެންދުރު 2:30 ގެ ހާއިރު ޖެއްސި ފްލައިޓްއިން ޖިއްދާގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދިވެހި ދެ ޙައްޖު ގްރޫޕެއްގެ 250 އަށްވުރެ ގިނަ ޙައްޖުވެރިން އައިސްފައިވެއެވެ.
ދިވެހި ޙައްޖު ވެރިންނަށް މަރުޙަބާ ދެންނެވުމަށް މަދީނާގެ ދިވެހި ކިޔަވާކުދިން ތައްޔާރު ވަމުން ދަނީ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 830 ފަހަރު]

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާ ދިވެހި ޙައްޖުވެރިންނަށް އެހީތެރިވުމަށާއި މަދީނާއިން އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރައްވަމުން ގެންދަވާ ދިވެހި ކިޔަވާކުދިން ތައްޔާރުވަމުން އެބަ ގެންދަވައެވެ.
ނޫރުލްއިސްލާމް ޙައްޖު 1429 ވެބްސައިޓް އިފްތިތާޙު ކުރެވިއްޖެ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 964 ފަހަރު]

Page Number :  < 1 2  3

 
 
 

 

 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429