ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##

ޙައްޖު 1430ޙައްޖުވެރިން އެނބުރި ދިވެހިރާއްޖެއަށް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1232 ފަހަރު]

4 ޑިސެމްބަރު 2009 / މައްކާ / މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެއަށް ދިޔުމުގެ ދަތުރު ފަށައިފިއެވެ. މިއަދު ހެނދުނު 7:30 ގައި އަލްމަނާސިކް ގުރޫޕްގެ ބައެއް ޙާޖީން ވަނީ ޖިއްދާއަށް ދިޔުމަށް ދަތުރު ފަށާފައެވެ. ޤަޠަރު އެއާލައިންސް އިން މާލެއަށް ދަތުރު ކުރާ މި ގުރޫޕްގެ ޙައްޖުވެރިން ޖިއްދާއިން ފުރުމަށް ހަމަޖެހިފައިވަނީ މިރޭ 11:00 ހާއިރުއެވެ.
ދިވެހި ޙައްޖުވެރިން މިނާއިން އެނބުރި މައްކާއަށް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1210 ފަހަރު]

30 ނޮވެމްބަރު 2009 / މިނާ / ހެނދުނު 11:45 / 1430 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގައި މިވަގުތު މިނާގައި ތިބި ދިވެހި ޙައްޖާޖީން މިއަދު މެންދުރުފަހު މިނާއިން އެނބުރި މައްކާއަށް ދިޔުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އެބަދެއެވެ. އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން، މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ވަގުތު ޖަމްރާތަކަށްގޮސް މެންދުރު ފަހުން ޖަމްރާއަށް ހިލަ އުކުމަށްފަހު އެނބުރި ފޭލިގެއަށް އައިސް، ބަހުގައެވެ. އެހެން ގުރޫޕްތަކުގެ ހައްޖުވެރިން ޖަމްރާއަށް ހިލައުކުމަށް ދާނީ މިއަދުގެ މެންދުރު ނަމާދަށްފަހުގައެވެ.
ދިވެހި ހައްޖާޖީން މިނާގައި ޙައްޖުގެ އަޅުކަން ފުރިހަމަ ކުރަމުން އެބަދޭ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1166 ފަހަރު]

29 ނޮވެމްބަރު 2009 / މިނާ / މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިން މިނާގައި ޙައްޖުގެ އަޅުކަމުގެ ބާކީ މަނާސިކުތައް ފުރިހަމަ ކުރަމުން އެބަދެއެވެ. ޢީދު ވިލޭރޭ ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރުމަށްފަހު އެ ދުވަހު ޖަމްރަތުލްޢަޤަބާ އަށް ހިލައުކުމަށްފަހު ބޯބާލައި ނުވަތަ ބޯ ކޮށުމަށްފަހު ފުރަތަމަ ތަޙައްލަލު ވެފައެވެ. ދިވެހި ޙައްޖު ވެރިންގެ ގުރޫޕްތަކުގެ ތެރެއިން އަލްޚައިރުގެ ބައެއް ޙައްޖުވެރިން ވަނީ އެދުވަހު ހިލައުކުމަށްފަހު މައްކާއަށް ގޮސް ޠަވާފުލްއިފާޟާ ކޮށްފައެވެ. އެހެންނަމަވެސް އެދުވަހަކީ މަސްޖިދުލްޙަރާމްގައި ވަރަށް ބާރުބޮޑުވެ ތޮއްޖެހިފައިވާ ދުވަހަކަށްވާތީ ޙައްޖުވެރިންގެ ސަލާމަތަށްޓަކައި، ދިވެހި އެހެން އެއްވެސް ގުރޫޕަކުން އެދުވަހު މައްކާއަށް ގޮސްފައިނުވެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ ދެކޮޅުހެދުމަށް ޢަރަފާތްބިމުގައި އިސްލާމިކް މިނސްޓަރ ގޮވާލައްވައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1204 ފަހަރު]

27 ނޮވެމްބަރު 2009 / އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ އިއްޔެ ޢަރަފާތު ބިމުގައި ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި ޙައްޖުވެރިންނަށް ޚާއްޞަ ތަޤްރީރުތަކެއް ދެއްވިއެވެ. މީގެތެރެއިން އަތަމާ ގުރޫޕްގެ ޙައްޖުވެރިން ތިބި ޓެންޓުގައި ދެއްވި މި ތަޤްރީރުގައި ދިވެހި ރާއްޖޭގެ ދީނީ ޙާލަތަށް އަލިޢަޅުވާލެއްވިއެވެ. މިގޮތުން މުޖުތަމަޢުގެ ތެރޭގައި ރިބާކެއުމާއި ޒިނޭ ފަދަ ފާހިޝް އަމަލުތަށް ޢާއްމުފައިވާކަމާއި މިފަދަ ކަންތައްތައް ހުއްޓުވުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތްކުރައްވަން ޖެހޭނެކަމަށް ވިދާޅުވިއެވެ.
ދިވެހި ޙައްޖުވެރިން މުޒްދަލިފާއިން މިނާއަށް އަންނަމުން އެބަދޭ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1217 ފަހަރު]

27 ނޮވެމްބަރު 2009 / 7:30 (ހެނދުނު) / މިނާ / 1430 ވަނައަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައިސްތިބި ޙައްޖުވެރިން ރޭ މުޒްދަލިފާގައި ރޭކުރުމަށްފަހު މިނާގެ ފޭލިގެތަކަށް މިހާރު ދަނީ އަންނަމުންނެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ހުރިހާ ޖަމާޢަތްތަކުގެ ޙައްޖާޖީންނަށްވެސް ރޭގައިވަނީ ވަނީ މުޒްދަލިފާއަށް އާދެވިފައެވެ. މިގޮތުން ބައެއް ބަސްތަކަށް ޙައްޖުވެރިން ރޭގެ 8:15 އަށް މުޛްދަލިފާއަށް އާދެވުނު އިރު ބައެއް ބަސްތަކަށް އާދެވުނީ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ.
ދިވެހި ޙައްޖުވެރިން ޢަރަފާތުގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1152 ފަހަރު]

25 ނޮވެމްބަރު 2009 - 1:30 (މެންދުރުފަހު) / ޢަރަފާތް / 1430 ވަނައަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައިސްތިބި ޙައްޖުވެރިން މިހާރުވަނީ ޢަރަފާތްބިމުގައެވެ. ހުރިހާ ގުރޫޕްތަކުގެ ޙައްޖުވެރިންވެސް މިހާރުވަނީ މެންދުރުނަމާދާއި ޢަޞްރުނަމާދު ޖަމްޢުކޮށް ޤަޞްރުކޮށް ކޮށްފައެވެ. ދިވެހި ހައްޖުވެރިންގެ އިސް ވެރިއެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ޙައްޖުވެރިންގެ ޙާލުބެއްލެވުމަށް މިހާރުވަނީ ވަޑައިގެންފައެވެ.
ދިވެހި ޙައްޖުވެރިން ޢަރަފާތް ބިމުގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1203 ފަހަރު]

25 ނޮވެމްބަރު 2009 / ހެނދުނު 6:45 / ޢަރަފާތް ބިން / މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައިސްތިބި ދިވެހި ޙައްޖާޖީން ޢަރަފާތް ބިމަށް އަތުވެއްޖެއެވެ. ރޭ ދަންވަރުގެ ވަގުތެއްގައި މިނާގެ ޓެންޓުތަކުން ޢަރަފާތަށް ދިޔުމަށް ފުރި ހުރިހާ ގުރޫޕްތައް މިހާރުވަނީ ޢަރަފާތްބިމުގައެވެ. / މިވަގުތު މިނާއަށް ނާދެވިވަނީ އަލްޚައިރު ގުރޫޕަށެވެ. އެގުރޫޕްގެ ޙައްޖުވެރިން މިނާއިން ޢަރަފާތަށް ދިޔުމަށް ދަތުރު ފެށުމަށް ތައްޔާރުވަމުންދާކަމަށް ދާދި ދެންމެއަކު އެ ގުރޫޕުން މަޢުލޫމާތު ދެއްވިއެވެ.
ދިވެހި ޙައްޖުވެރިން ޢަރަފާތް ބިމަށް ދަތުރު ކުރަނީ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1139 ފަހަރު]

25 ނޮވެމްބަރު 2009 / 1:30 ރޭގަނޑު / މިނާ / މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްތިބި ދިވެހި ޙައްޖާޖީން ޢަރަފާތް ބިމަށް ދިޔުމަށް ދަތުރު ކުރަމުން އެބަދެއެވެ. މިގޮތުން މިރޭ 11:00 އިން ފެށިގެން ދިވެހި ޙައްޖު ގުރޫޕްތަކުން ދަނީ ޢަރަފާތަށް ދަތުރު ކުރަމުންނެވެ. މިހާތަނަށް ޢަރަފާތަށް ގޮސްފައިވަނީ އަތަމާ ގުރޫޕާއި ސަފާ ގުރޫޕާއި މަނާސިކް ގުރޫޕާއި އަތަމާ ގުރޫޕްގެ ޙައްޖުވެރިންނެވެ. ޒަޢީމާ ގުރޫޕްގެ ޙައްޖުވެރިން ޢަރަފާތަށް ފުރުމަށްޓަކައި ތައްޔާރުވަމުން އެބަދެއެވެ. އަދި މާ ގިނަ އިރުތަކެއް ނުވެ ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިން ފުރާގޮތަށްވަނީ ހަމަޖެހިފައެވެ. އަލްޚައިރު ގުރޫޕްގެ ޙައްޖުވެރިން ޢަރަފާތަށް ދާން ހަމަޖެހިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ދިވެހި ޙައްޖުވެރިން މިނާގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1205 ފަހަރު]

24 ނޮވެމްބަރު 2009 / 12:45 މެންދުރު / މިނާ / މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްތިބި ދިވެހި ޙައްޖާޖީން މިއަދު ހެނދުނު މިނާއަށް އަތުވެއްޖެއެވެ. މިއަދު ހެނދުނު 7:00 އިން ފެށިގެން ދަތުރު ފަށައިގެން މިއަދުގެ މެންދުރާ ހަމައަށް ދިވެހި ހުރިހާ ޙައްޖުވެރިން ވަނީ މިނާއަށް އައިސްފައެވެ.
މިނާއަށް ދިޔުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދޭ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1183 ފަހަރު]

24 ނޮވެމްބަރު 2009 / މައްކާ / މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްތިބި ދިވެހި ޙައްޖާޖީން މާދަމާ މިނާއަށް ދިޔުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަގެންދެއެވެ. މިގޮތުން މިނާއަށް ޙައްޖުވެރިން ދިޔުމުގެ ކުރިން މިނާގެ ޓެންޓުތަކުގައި ހަމަޖައްސަންޖެހޭ ކަންތައް ހަމަޖެއްސުމާއި މިނާއަށް ޙައްޖުވެރިންނަށް ބޭނުންވާ ބައެއް ތަކެތި ގެންދިޔުމުގެ މަސައްކަތް ގާތްގަނޑަކަށް ހުރިހާ ގުރޫޕަކުންވެސް މިހާރުވަނީ ކޮށްނިންމާފައެވެ.
Page Number :   1 2 3 > 

 
 
 

 

 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429