ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##

ޙައްޖު 1430އަމީރުލްޙައްޖު ދިވެހި ޙައްޖުވެރިންގެ ޙާލުއަޙުވާލު ބައްލަވާލައްވައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 758 ފަހަރު]

23 ނޮވެމްބަރު 2009 - މައްކާ / މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްފައިވާ ދިވެހި ޙައްޖުވެރިންގެ އިސްބޭފުޅެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ދިވެހި ހައްޖުވެރިންގެ ޙާލުއަޙުވާލު ބައްލަވާލައްވައިފިއެވެ. މިގޮތުން އަމީރުލްޙައްޖު، މިނިސްޓަރ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ އިއްޔެ (22 ނޮވެމްބަރު 2009 ވީ އާދީއްތަދުވަހު) ހަވީރު ދެގުރޫޕެއްގެ ޙައްޖުވެރިން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި ޙައްޖުވެރިންގެ ޙާލުއަޙުވާލު ބައްލަވާލައްވާފައެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް މަދީނާގައި ތިބޭ ދިވެހި ކިޔަވައި ކުދިންނާ ބައްދަލުކުރައްވައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 778 ފަހަރު]

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން މައްކާ އަށް އައި ޙައްޖާޖީންގެ އަމީރުގެ ގޮތުގައި ވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ މަދީނާގައި ތިބޭ ދިވެހި ކިޔަވާ ކުދިންނާ ބައްދަލަކުރައްވައިފިއެވެ. ބައްދަލުކުރެއްވުން އޮތީ 19 ނޮވެމްބަރު 2009 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގައެވެ. ބައްދަލުވުމުގައި މިނސްޓަރުގެ އަރިހުގައި ސަޢުދީޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހި އެމްބަސީގެ މުސްތަޝާރު އަލްއުސްތާޛު އާދަމް މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.
އަމީރުލްޙައްޖު، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ މިއަދު މަދީނާއަށް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 764 ފަހަރު]

1430 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް އައި މީހުންގެ އަމީރެއްގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މަދީނާއަށް ވަޑައިގަންނަވާނެކަމަށް ނޫރުލްއިސްލާމަށް ޚަބަރު ލިބިއްޖެއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި މައްކާއިން މަދީނާއަށް ދަތުރު ފައްޓަވާފައިވާކަމަށާއި، މެންދުރު ފަހު 1 ޖަހާކަށްހާއިރު މަދީނާއަށް ވަޑައިގެންނެވޭ ވަރުވާނެ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ގެ އަރިހުގައި ސުޢޫދީޢަރަބިއްޔާގައި ހުންނަ ދިވެހި އެމްބެސީގެ ބޭފުޅުންނާއި ދިވެހި ޙައްޖު މިޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
މިއަދަކީ ޙައްޖުމަހުގެ ފުރަތަމަ ދުވަސް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 725 ފަހަރު]

މިއަދަކީ (ނޮވެމްބަރ މަހުގެ 18 ވީ ބުދަ ދުވަހަކީ) ޙައްޖުމަހުގެ ފުރަތަމަ ދުވަސް ކަމުގައި ސުޢޫދީ ޢަރަބިއްޔާއިން އިޢުލާނު ކުރައްވައިފިއެވެ. އެހެންކަމުން 1430 ވަނައަހަރުގެ ޢަރަފާތްދުވަސް ނުވަތަ ޙައްޖުދުވަސް ކަމުގައި ވާނީ މި ހިނގާ ނޮވެމްބަރ މަހުގެ 26 ވާ ބުރާސްފަތި ދުވަހެވެ. އަދި މިއަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހަކީ ނޮވެމްބަރު މަހުގެ 27 ވާ ހުކުރު ދުވަހެވެ.
އަތަމާ ޙައްޖުވެރިން މަދީނާގައި، ސިސިލްފަރު ގުރޫޕުގެ ޙައްޖުވެރިން މައްކާއަށް ފުރައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 747 ފަހަރު]

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން އެންމެ ފަހުން މަދީނާއަށް ޒިޔާރަތްކުރި ސިސިލްފަރު ގުރޫޕާއި އަތަމާ ގުރޫޕްގެ ޙައްޖުވެރިންގެ ތެރެއިން ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިން މިއަދު މަދީނާއިން މައްކާއަށް ދިޔުމަށް ފުރައިފިއެވެ. މިއަދު މެންދުރުފަހު 2:30 ގައި މަދީނާއިން މައްކާއަށް ދިޔުމަށް ފުރި ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިންނަށް މައްކާއަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ މިރޭ ޢިޝާނަމާދުގެ ފަސް ވަގުތެއްގައި ކަމަށް ސިސިލްފަރު ގުރޫޕްގެ އިސްވެރިޔާ މުޙައްމަދު ޔޫސުފް ވިދާޅުވިއެވެ.
ސިސިލްފަރު ގުރޫޕާއި އަތަމާ ގުރޫޕްގެ ޙައްޖުވެރިން މަދީނާގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 706 ފަހަރު]

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން ސިސިލްފަރު ގުރޫޕާއި އަތަމާ ގުރޫޕްގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން މަދީނާއަށް ޒިޔާރަތް ކުރަމުން އެބަ ގެންދެއެވެ. މި ދެގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް ގޮސްފައިވަނީ މިމަހުގެ 13 ވީ ހުކުރު ދުވަހުގެ ހަވީރުގައެވެ. ނޫރުލްއިސްލާމް އަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ސިސިލްފަރު ގުރޫޕްގެ ޙައްޖާޖީން މަދީނާއިން އެނބުރި މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ މާދަމާ ( 15 ނޮވެމްބަރު 2009 ވާ އާދީއްތަ ދުވަހުގަ)އެވެ.
ޒަޢީ ގުރޫޕް މަދީނާގައި، އަލްމަނާސިކްގެ ޙައްޖުވެރިން މައްކާއަށް ފުރައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 693 ފަހަރު]

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން ޒަޢީ ގުރޫޕްގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން މަދީނާއަށް ޒިޔާރަތް ކުރަމުން އެބަ ގެންދެއެވެ. މި ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް ގޮސްފައިވަނީ މިމަހުގެ 10 ވީ އަންގާރަ ދުވަހުގައެވެ. ޒައީ ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ މުހިއްމު ބައެއް ތަންތަނަށް ޒިޔާރަތް ކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އުޙުދުގެ މައިދާނަށާއި ޤުބާމިސްކިތަށް ކުރި މިޒިޔާރަތުގައި އިރުޝާދު ދިނުމަށާއި، އެކި ކަންކަމުގައި އެހީތެރިވުމަށް މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދިވެހި ކުދިން ތިއްބެވިއެވެ.
އަލްމަނާސިކް ޙައްޖު ގުރޫޕް މަދީނާގެ ބައެއް ތަންތަނަށް ޒިޔާރަތް ކޮށްފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1023 ފަހަރު]

9 ނޮވެމްބަރ 2009، މަދީނާ / މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން އަލްމަނާސިކް ގުރޫޕްގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން މިއަދު މަދީނާގެ ބައެއް ތަންތަނަށް ޒިޔާރަތް ކޮށްފިއެވެ. މިއަދު މެންދުރުފަހު ސުޢޫދީ ގަޑިން 2:30 ގައި ފެށި މި ޒިޔާރަތުގެ ދަތުރުގައި ޙައްޖުވެރިން ޒިޔާރަތް ކޮށްފައިވަނީ އުޙުދު ހަނގުރާމަ ހިނގި މައިދާނަށާއި، ޤުބާ މިސްކިތަށެވެ. މި ދަތުރުގައި ޙައްޖުވެރިން އެންމެ ފުރަތަމަ ދިޔައީ އުޙުދުގެ މައިދާނަށެވެ. އެތަނުގައި އުޙުދު ހަނގުރާމަ ހިނގި ގޮތާއިމެދު ޙައްޖުވެރިންނަށް މައުލޫމާތު ދެއްވީ އަލްމަނާސިކް ގުރޫޕްގެ ޝައިޚް، ފަޟީލަތުއްޝައިޚް ޢަލީ ޝަރީފްއެވެ.
އަލްމަނާސިކް ޙައްޖު ގުރޫޕް މަދީނާގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 704 ފަހަރު]

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން އަލްމަނާސިކް ގުރޫޕްގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން މިއަދު މަދީނާއަށް ހިނގައްޖެއެވެ. މިއަދު ހެނދުނު ސުޢޫދީ ގަޑިން 8 ޖެހިއިރު މައްކާއިން ފުރި ގުރޫޕްގެ ޙައްޖުވެރިންނަށް މަދީނާގައި ތިބުމަށް ހަމަޖައްސާފައިވާ ހޮޓަލަށް އާދެވުނީ ހަވީރު 4 ގަޑި 30 ގައެވެ. މި ގުރޫޕްގެ ޙައްޖުވެރިން މަދީނާގައި ތިބޭ ހޮޓަލަށް ދިޔައިރު މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ތަޢުލީމް ޙާޞިލު ކުރައްވާ ދިވެހި ދަރިވަރުން، ޙައްޖުވެރިންގެ އިސްތިޤްބާލުގައި ތިބިއެވެ. އަދި
އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް ދިޔުމަށް ދަތުރު ކުރަމުން ދަނީ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 749 ފަހަރު]

ސުޢޫދީ ޢަރަބިއްޔާ ގަޑިން މެންދުރު 2:15 / އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން މިހާރު ތިބީ މަދީނާއާ 100 ކިލޯމީޓަރ ދުރުގައި ކަމަށް އެ ގުރޫޕްގެ ވެރިޔާ ފޯނުން ނޫރުލްއިސްލާމްއަށް މަޢުލޫމާތު ދެއްވައިފިއެވެ. ގުރޫޕްގެ ވެރިޔާ މިހާރު ލަފާ ކުރައްވާ ގޮތުގައި ޢަޞްރު ނަމާދަށް (ގާތްގަނޑަކަށް 3:30 ހާއިރަށް) މަދީނާއަށް ފޯރާނެއެވެ.
Page Number :  < 1  2 3 > 

 
 
 

 

 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429