ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##

ޙައްޖު 1430ސަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާ ދަތުރު ނިންމާލުމަށްފަހު މައްކާއަށް ހިނގައްޖެ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 758 ފަހަރު]

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސުޢޫދީ ޢަރަބިއްޔާގައި ތިބި ދިވެހި ޙައްޖުވެރިންގެ ތެރެއިން ޞަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ ދަތުރު ނިންމާލުމަށްފަހު މައްކާއަށް މިއަދު މެންދުރުފަހު ފުރައިފިއެވެ.
ދިވެހި ޙައްޖުވެރިންގެ 2 ގުރޫޕެއް މަދީނާގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 784 ފަހަރު]

1430 ވަނައަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސުޢޫދީ ޢަރަބިއްޔާގައި ތިބި ދިވެހި ޙައްޖުވެރިންގެ 2 ގުރޫޕެއް މަދީނާއަށް ޒިޔާރަތް ކުރަމުން އެބަދެއެވެ. މިދަތުރުގައި މިވަގުތު މަދީނާގައި ޙަރަކާތްތެރި ވަމުން ދަނީ އަލްޚައިރު ގުރޫޕާއި ޞަފާ ގުރޫޕެވެ. މި ގޮތުން އަލްޚައިރުގެ ޙައްޖުވެރިންވަނީ އިއްޔެ (4 ނޮވެމްބަރ 2009 ވީ ބުދަދުވަހު) މެންދުރުފަހުގެ ވަގުތެއްގައި މަދީނާގައި ބަލާލުމަށް ހަމަޖެހިފައިވާ ތަންތަނަށް ޒިޔާރަތް ކޮށްފައެވެ. އަދި މިއަދު (5 ނޮވެމްބަރ 2009 ވާ ބުރާސްފަތި ދުވަހު) މެންދުރުފަހުގެ ވަގުތެއްގައި މައްކާއަށް ދިޔުމަށް އެ ގުރޫޕްގެ ޙައްޖުވެރިން ފުރާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޞަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް ދިޔުމަށް ދަތުރު ކުރަމުން ދަނީ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 756 ފަހަރު]

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މިހާރު ސުޢޫދީ ޢަރަބިއްޔާގައި ތިބި ދިވެހި ޙައްޖުވެރިންގެ ތެރެއިން ޞަފާ ގުރޫޕްގެ ޙައްޖުވެރިން މިއަދު ހެނދުނު މައްކާއިން ފުރައިގެން މަދީނާއަށް ދަތުރު ކުރަމުން އެބަ ގެންދެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޞަފާ ގުރޫޕްގެ ޙައްޖުވެރިން މެންދުރުގެ ކެއުމަށް މަޑުކުރުމަށްފަހު މިހާރު އަނެއްކާވެސް މަދީނާއަށް ދިޔުމަށް ދަތުރު ކުރަމުން އެބަދެއެވެ. އަދި މިހާރު ޙައްޖުވެރިން ތިބީ މަދީނާއާއި ވަރަށް ގާތުގައި ކަމަށާއި ހަވީރު ވުމުގެ ކުރިން މަދީނާއަށް ފޯރާނެ ކަމަށް ލަފާ ކުރެވޭކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އަލްޚައިރު ގުރޫޕްގެ ޙައްޖުވެރިން މާދަމާ މަދީނާއަށް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 785 ފަހަރު]

1430 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްފައިވާ ދިވެހި ޙައްޖުވެރިންގެ ތެރެއިން އަލްޚައިރު ޙައްޖު ގުރޫޕްގެ ޙަވާލުގައި ޙައްޖަށް އައި 90 ޙައްޖުވެރިން ނޮވެމްބަރ 3 ވާ އަންގާރަ ދުވަހު މަދީނާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެގުރޫޕުން ބުނެފިއެވެ. ގުރޫޕްގެ އިސްބޭފުޅަކު ފޯނުން ނޫރުލްއިސްލާމް ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ،
ދިވެހި ޙައްޖުވެރިން ސުޢޫދީ ޢަރަބިއްޔާގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 808 ފަހަރު]

1430 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދިވެހި ޙައްޖުވެރިންގެ ތެރެއިން ބައެއް ހައްޖުވެރިން ސުޢޫދީ ޢަރަބިއްޔާއަށް އަތުވެއްޖެއެވެ. އިއްޔެ ދެ ޙައްޖު ގްރޫޕެއްގެ 260 އަށްވުރެ ގިނަ ޙައްޖުވެރިން އައިސްފައިވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ސުޢޫދީ ޢަރަބިއްޔާއަށް މިހާރު އައިސްފައިވަނީ ޞަފާ ޙައްޖު ޢުމްރާ ގުރޫޕުގެ ޙަވާލުގައި ޙައްޖަށްއައި 180 އެއްހާ ޙައްޖުވެރިންނާއި އަލްޚައިރު ޙައްޖު ޢުމްރާ ގުރޫޕްގެ ޙަވާލުގައި އައި 85 ޙައްޖުވެރިންނެވެ. އިތުރު ޙައްޖުވެރިން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ސުޢޫދީޢަރަބިއްޔާއަށް
ނޫރުލްއިސްލާމް ޙައްޖު 1430 ޞަފްޙާތަކަށް މަރުޙަބާ!
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 781 ފަހަރު]

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި ފަޟްލު ވަންތަކަމުން، ނޫރުލް އިސްލާމްގެ ޙައްޖު 1430 ވެބްސައިޓް ދުނިޔެއަށް މި ނޭވާލަނީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރު ކުރުމަށް މުސްލިމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިސްރާބު ޖަހާފައިވާ ވަގުތެއްގައެވެ. މި ވެބްސައިޓްގައި ޙައްޖުވެރިންނަށް ބޭނުންތެރި ތަފާތު މަޢުލޫމާތާއި ނަސޭހަތާއި އިރުޝާދުތައް އެކުލެވިގެންވާނެއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ، ކުރީ ދެއަހަރެކޭ އެއްފަދައިން، ދިވެހި ޙައްޖުވެރިންގެ ޚަބަރުތައް ޤަވާޢިދުން، އެއްމެ ތާޒާކަމާއެކު މި ސައިޓުން ގެނެސްދެމުން ދާނަމެވެ.
Page Number :  < 1 2  3

 
 
 

 

 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429