ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##

ޙައްޖު 1431ދިވެހި ޙައްޖުވެރިން މިނާއަށް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2636 ފަހަރު]

14 ނޮވެމްބަރ 2010= ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިން މިއަދު މިނާއަށް އަތުވެއްޖެއެވެ. މިގޮތުން ރޭގެ ދަންވަރުގެ ވަގުތެއްގައި ދިވެހި ޙައްޖުވެރިން ވަނީ މިނާއަށް ދަތުރު ކޮށްފައެވެ. ރޭގެ ވަގުތެއްގައި މިނާއަށް އައިސްފައިވަނީ މައްކާގައި ތިބި ޙައްޖުވެރިންގެ ތެރެއިން ސިސިލްފަރާއި އަތަމާއާއި ޒަޢީއާއި މަލިޝާއާއި ޞަފާއާއި މަނާސިކް ޖަމާޢަތުގެ ޙައްޖުވެރިންނެވެ.
އަމީރުލްޙައްޖު މަދީނާގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 3152 ފަހަރު]

1431 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ރޭ އިރާކޮޅު ވަގުތެއްގައި މަދީނާއަށް ވަޑައިގެންނެވިއެވެ.
އަމީރުލްޙައްޖު މައްކާއަށް ވަޑައިގެންފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2440 ފަހަރު]

7 ނޮވެމްބަރ 2010 (އާދީއްތަ) : 1431 ވަނަ އަހަރު ދިވެހި ޙައްޖުވެރިންގެ އެންމެ އިސްވެރިއެއްގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން މިއަހަރު ވަޑައިގެންނެވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ މިއަދު ހަވީރު މައްކާއަށް ވަޑައިގަންނަވައިފިއެވެ.
1431 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ ނޮވެމްބަރު މަހުގެ 15 ވާ ހޯމަ ދުވަސް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2433 ފަހަރު]

މިހެންކަމުން، މާދަމާ 7 ނޮވެމްބަރ 2010 ވާ އާދީއްތަ ދުވަހަކީ އުއްމުލްޤުރާގެ ކަލަންޑަރާއި އެއްގޮތްވާ ގޮތުގެ މަތިން، 1431 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހެވެ. އަދި 1431 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ 15 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހެވެ. އަދި އަޟްޙާ ޢީދު ދުވަހަކީ 16 ނޮވެމްބަރ 2010 ވާ އަންގާރަ ދުވަހެވެ. ޤަރާރުގައި ވެއެވެ.
ޙައްޖުވެރިން މަދީނާ ދަތުރު ނިންމާލައިފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2909 ފަހަރު]

06 ނޮވެމްބަރ 2010 މަދީނާ: މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިންގެ ހުރިހާ ގުރޫޕެއްވެސް މަދީނާއަށް ދަތުރުކޮށް ނިމިއްޖެއެވެ.
ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިން މަދީނާގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1577 ފަހަރު]

4 ނޮވެމްބަރު 2010 - މަދީނާ: 1431 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މިއަހަރު މައްކާއަށް އައި ދިވެހި ހައްޖުވެރިންގެ ތެރެއިން ސިސިލްފަރު ގުރޫޕްގެ ޙަވާލުގައި އައި 250 ޙައްޖުވެރިން އިއްޔެ ހަވީރު މަދީނާއަށް އަތުވެއްޖެއެވެ.
ޙައްޖުވެރިން މަދީނާއަށް ޒިޔާރާތް ކުރަމުން އެބަދޭ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1492 ފަހަރު]

31 އޮކްޓޯބަރ 2010 (އާދީއްތަ): މަދީނާ ދިވެހިރާއްޖެއިން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އަދި ޙައްޖުވެރިން މިހާރު މަދީނާއަށް ޒިޔާރަތް ކުރަމުން އެބަދެއެވެ. މިގޮތުން މިހާރު ބައެއް ގުރޫޕްތަކުގެ ޙައްޖުވެރިން ވަނީ މަދީނާގެ ދަތުރު ނިންމާލާފައެވެ. އަދި ބައެއް ގުރޫޕްތަކުން މިހާރު މަދީނާގައި އެބަތިއްބެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިތުރު ގުރޫޕްތައްވެސް މަދީނާއަށް އަންނާނެއެވެ.
ދިވެހި ޙައްޖުވެރިން މަދީނާގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1852 ފަހަރު]

މަދީނާ : 28 އޮކްޓޯބަރ 2010 (ބުރާސްފަތި) މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އަލްމަނާސިކް ގުރޫޕްގެ ޙަވާލުގައި އައި ޙައްޖުވެރިންގެ ދެވަނަ ގުރޫޕް މަދީނާއަށް އަތުވެއްޖެއެވެ. މިއަދު ހަވީރު 5:15 ހާއިރު މަދީނާއަށް އައިސްފައިވަނީ އަލްމަނާސިކްގެ 80 ޙައްޖުވެރިންނެވެ. މި ގުރޫޕްގެ ޙައްޖުވެރިންގެ އިސްތިޤްބާލުގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ބައެއް ދިވެހި ދަރިވަރުން ތިއްބެވިއެވެ.
ޞަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1790 ފަހަރު]

27 އޮކްޓޯބަރ 2010 (ބުދަ) : މަދީނާ 1431 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްތިބި ދިވެހިންގެ ތެރެއިން އައްޞަފާ ގުރޫޕްގެ ޙަވާލުގައި އައި 230 ޙައްޖުވެރިން މިއަދު ހަވީރުގެ ވަގުތެއްގައި މަދީނާއަށް އަތުވެއްޖެއެވެ. މިރޭ އިރާކޮޅު އައި މިޙައްޖުވެރިން މަދީނާގައި ތިބޭ ހޮޓަލަށް އައިއިރު މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާދިވެހި ކުދިން އެކުދިންގެ އިސްތިޤްބާލުގައި ތިއްބެވެ.
އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ ބައެއްތަންތަނަށް ޒިޔާރަތް ކޮށްފި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1665 ފަހަރު]

26 އޮކްޓޯބަރ 2010 (އަންގާރަ): އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިންގެ ތެރެއިން މިވަގުތު މަދީނާގައި ތިބި 78 ޙައްޖުވެރިން މިއަދު މެންދުރު ފަހު 2:30 ގައި މަދީނާގެ ބައެއް ތަންތަނަށް ޒިޔާރަތް ކޮށްފިއެވެ. މަދީނާގައި ޙައްޖުވެރިން ޒިޔާރަތްކުރި ތަންތަނުގެ ތެރޭގައި، އުޙުދު ހަނގުރާމަ ހިނގި މައިދާނާއި ޤުބާ މިސްކިތް ހިމެނެއެވެ.
Page Number :   1 2 > 

 
 
 

 

 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429