ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##

ޙައްޖު 1431އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން މަދީނާގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1270 ފަހަރު]

މަދީނާ : 25 އޮކްޓޯބަރ 2010 (ހޯމަ) މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އަލްމަނާސިކް ގުރޫޕްގެ ޙަވާލުގައި އައި ޙައްޖުވެރިންގެ ތެރެއިން 78 މީހުން މިއަދު ހަވީރު މަދީނާއަށް އަތުވެއްޖެއެވެ. މިއަދު ހެނދުނު 8:30 ގައި މައްކާއިން މަދީނާއަށް ދަތުރުފެށި މި ޙާޖީންނަށް މަދީނާއަށް ފޯރީ، ހަވީރު 5:15 ގައެވެ.
މަނާސިކްގެ ޙާޖީން މިއަދު މަދީނާއަށް އަންނާނެ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1339 ފަހަރު]

25 އޮކްޓޯބަރ 2010 (ހޯމަ) މަދީނާ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައި ދިވެހި ޙައްޖުވެރިންގެ ތެރެއިން އަލްމަނާސިކް ޙައްޖު ޢުމްރާ ގުރޫޕްގެ ޙަވާލުގައި އައި 158 ޙައްޖުވެރިން މިއަދު މަދީނާއަށް އަންނާނެ ކަމަށް އެ ގުރޫޕުން ބުނެފިއެވެ.
ސިސިލްފަރާއި އަލްޚައިރުގެ ޙައްޖުވެރިން ޖިއްދާގައި
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1320 ފަހަރު]

ޖިއްދާ - 25 އޮކްޓޯބަރ 2010 (ހޯމަ) - މައްކާ ގަޑިން 00:15 - ޖިއްދާ އެއާޕޯޓުން ސިސިލްފަރު ގުރޫޕްގެ އިސް ބޭފުޅަކު ފޯނުން ނޫރުލްއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ އިރާކޮޅު އައި ދެޖަމާޢަތުގެ މީހުންވެސް މިހާރު ތިބީ މައްކާއަށް ދިޔުމަށްޓަކައި ބަހުގައެވެ.
ދިވެހި ޙައްޖު ވެރިންނަށް މަރުޙަބާ ދެންނެވުމަށް މަދީނާގެ ދިވެހި ކިޔަވާކުދިން ތައްޔާރު
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1327 ފަހަރު]

(މަދީނާ) 20 އޮކްޓޯބަރ 2008 (ބުދަ) : މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާ ދިވެހި ޙައްޖުވެރިންނަށް އެހީތެރިވުމަށާއި މަދީނާއިން އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރަމުން ގެންދާ ދިވެހި ކިޔަވާކުދިން ތައްޔާރުވަމުން އެބަ ގެންދެއެވެ.
ޙައްޖުވެރިން މާދަމާ ފުރަންފާށާނެ - މިނިސްޓްރީ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1173 ފަހަރު]

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ ޙާޖީން މާދަމާ (20 އޮކްޓޯބަރ 2010) އިން ފެށިގެން ފުރަން ފަށާނެއެވެ. ޙައްޖަށް ދިއުމަށް ހަމަޖެހިފައިވާ 1402 މީހުން، ފުރާ ނިމޭނީ މި މަހު 29 ވާ ހުކުރު ދުވަހުއެވެ. ޙައްޖަށް މީހުން ގެންދިއުމަށް މި އަހަރު ހުއްދަ ދެވިފައިވަނީ 8 ޖަމާޢަތަކަށެވެ. އެއީ ސިސިލްފަރު ޖަމާޢަތާއި، އަތަމާ ޖަމާޢަތާއި، އައްޞަފާ ޖަމާޢަތާއި، ޒަޢީ ޖަމާޢަތާއި،
Page Number :  < 1  2

 
 
 

 

 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429