|
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި ފަޟްލު ވަންތަކަމުން، ނޫރުލް
އިސްލާމްގެ ޙައްޖު 1430 ވެބްސައިޓް ދުނިޔެއަށް މި ނޭވާލަނީ، ޙައްޖުގެ އަޅުކަން
އަދާކުރުމަށް މައްކާއަށް ދަތުރު ކުރުމަށް މުސްލިމުން، ދުނިޔޭގެ އެކި
ކަންކޮޅުތަކުން
މިސްރާބު ޖަހާފައިވާ ވަގުތެއްގައެވެ.
މި ވެބްސައިޓްގައި ޙައްޖުވެރިންނަށް ބޭނުންތެރި ތަފާތު މަޢުލޫމާތާއި
ނަސޭހަތާއި އިރުޝާދުތައް އެކުލެވިގެންވާނެއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ، ދިވެހި
ޙައްޖުވެރިންގެ ޚަބަރުތައް ޤަވާޢިދުން މި ސައިޓުން ގެނެސްދެމުން ދާނަމެވެ.
މި ވެބްސައިޓަށް ޒިޔާރަތް ކުރައްވާ ފަރާތެއްގެ ގާތް ބޭފުޅަކު
ޙައްޖަށް ވަޑައިގަންނަވާނަމަ، އެބޭފުޅަކަށް މިސައިޓުގައި މިވާ އިރުޝާދުތައް
ޕްރިންޓްކޮށް ފޯރުކޯށް ދެއްވުމަކީ ނުހަނު އެދެވިގެންވާ ކަމެކެވެ. މިއީ ޢުމުރުން
އެއްފަހަރު އަދާކުރުމަށް ފަރުޟުވެފައިވާ މި އަޅުކަން އަދާކުރުމަށް އެބޭފުޅަކަށް
ވެދެއްވޭ އަގުހުރި އެހީއަކަށްވާނެއެވެ.
މީހަކަށް ހެޔޮކަމަކަށް
މަގުދައްކައިފި މީހަކަށް، އެ ހެޔޮކަން ކުރިމީހާއަށް ލިބޭ މިންވަރަށް ދަރުމަ
ލިބޭނެއެވެ. އެއީ އެ ހެޔޮކަން ކުރި މީހާގެ ދަރުމައިން އެއްވެސް އެއްޗެއް އުނި ނުވާ
ޙާލުގައެވެ.
މިސައިޓުގައިވާ އެއްވެސް މާއްދާއަކުން ކުށެއް ފާހަގަ ކުރެއްވިއްޖެ
ނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އީމެއިލްކޮށް
އެކަން އެންގެވުން އެދެމެވެ.
webmaster@noorul-islam.net
11 ޛުލްޤަޢިދާ 1429
30
އޮކްޓޯބަރ 2008
|