|
1-
ޙައްޖަށް ދަތުރު ފެށުމުގެ
ކުރިންނާއި، އަދި ޙައްޖު
ދަތުރުގައި އިޚްލާޞްތެރި
ތައުބާއަކުން ﷲ އަށް
ތައުބާވާށެވެ.
2-
ޙައްޖުގެ އަޅުކަން އަދާކުރަންޖެހޭ
ގޮތް އިތުބާރުހުރި ދީނީ
ޢިލްމުވެރިއެއްގެ އަރިހުން އަހައި
އޮޅުން ފިލުވާށެވެ.
3-
ގިނަފަހަރު ޙައްޖުވެފައިވާ މީހެކޭ
ބުނުވުމަށް، ނުވަތަ
މީސްތަކުންނަށް ދެއްކުމަށް ޙައްޖު
ނުވާށެވެ.
4-
ތިބާގެ އަޚާއާއި ބައްދަލު ވާ
ހިނދު ހިނިތުން މޫނަކާއެކު
ބައްދަލު ކުރާށެވެ. [ތިބާގެ
އަޚާގެ ކުރިމަތީގައި ތިބާގެ
ހިނިތުން ވުމަކީ ވެސް
ޞަދަޤާތެކެވެ.]
5-
ތިބާގެ މުސްލިމު އަޚުންނަށް
ސަލާމް ކުރުމުގައި އިސްނަގާށެވެ.
ސަލާމް ކުރުމުގައި
ދަންނަމީހުންނާއި ނުދަންނަ
މީހުންނަށްވެސް ސަލާމް ކުރާށެވެ.
އަދި ދަންނާށެވެ. ހިލޭ
އަންހެނުންނާއި ހިލޭފިރިހެނުން
އަތާއި އަތްޖޯޑުކޮށް ސަލާމް
ކުރުމަކީ ޙަރާމް ކަމެކެވެ.
6-
ވީ މިންވަރަކުން ތިބާގެ މުސްލިމު
އަޚުންނަށް އެހީ ފޯރުވައި ދޭށެވެ.
7-
އެހެން ޤައުމުތަކުގެ
ޙައްޖުވެރިންނާ ސަލާމްކޮށް
އެމީހުންނަށް ތަޢާރަފްވެ،
އެމީހުންގެ ޤައުމުތަކުގައިވާ
މުސްލިމު އަޚުންގެ ޙާލު އަޙުވާލު
އޮޅުން ފިލުވާށެވެ.
8-
ތިބާގެ މުސްލިމު އަޚުން،
އެބައިމީހުންގެ ފޮށިތަންމަތި
އުފުލުމުގައި ތިބާގެ އެހީއަށް
ބޭނުންވާތަން ފެނިއްޖެނަމަ
އެމީހުންނަށް އެހީވާށެވެ.
9-
ސިގަރޭޓް ބުއިމުން އެއްކިބާވެ
ދުރުހެލިވާށެވެ! އަދި ސިގަރޭޓް ބޯ
މީހުންނާއިވެސް ދުރުހެލި ވާށެވެ.
10-
ގިނަގިނައިން ޤުރުއާން
ކިޔަވާށެވެ.
11-
ހެނދުނާއި ހަވީރުގެ ޛިކުރުތައް
ކުރުން އާދަ ކުރާށެވެ.
12-
ގިނަގިނައިން ﷲ އަށް ދުޢާ
ދަންނަވާށެވެ! ޚާއްޞަކޮށް
ސަޖިދައިގެ ވަގުތުގައި ދުޢާކުރުން
ގިނަ ކުރާށެވެ.
13-
ޙައްޖު ގުރޫޕްގެ ފަރާތުން ދެވޭ
އިރުޝާދުތަކާ އެއްގޮތަށް ޢަމަލު
ކުރަމެވެ.
14-
ދީނީ ގޮތުން ކަންތައް އޮންނަގޮތް
ދީނީ ޢިލްމުވެރިންގެ އަރިހުން
އޮޅުން ފިލުއްވާށެވެ.
އަމިއްލައަށް ހިތުހުރި ގޮތަކަށް
ހަދައިގެން މި އަޅުކަން ބޭކާރު
ނުކުރައްވާށެވެ.
15-
ޢަރަފާތް ދުވަހުގެ ކުރިން،
ޤައުމުގައި ތިބި ގާތްތިމާގެ
މީހުންނަށް ގުޅައި،
ޢަރަފާތްދުވަހު ރޯދަ ހިފުމަށް
ވަޞިއްޔަތް ކުރާށެވެ.
16-
ޢީދު ދުވަހު ގާތްތިމާގެ
މީހުންނަށް ގުޅައި، ޢީދުގެ
ތަހުނިޔާ ކިޔާށެވެ.
17-
ތިބާގެ ގާތްތިމާގެ މީހުންނާއި،
އެކުވެރިންނާއި، މި ލިޔުންކޮޅު
ލިޔުނު މީހާއަށް ހެޔޮ ދުޢާ ކުރުން
ހަނދާން ނައްތާ ނުލާށެވެ.
18-
ހޫނު ގަދަވެއްޖެނަމަ
ހަނދުމަކުރާށެވެ. ނަރަކައިގެ
ހޫނުކަން އެއަށްވުރެ ހޫނު ކަން
ގަދަ އެވެ.
19-
މިނާގައި ޝައިޚުން ދެއްވާ ދީނީ
ނަސޭހަތުގެ ބަސްކޮޅު އަޑުއެހުމަށް
ޚާއްޞަ ސަމާލުކަމެއް ދޭށެވެ.
20-
މީހުންގެ ވާހަކަ ދެއްކުމާއި، ޣީބަ
ބުނުމާއި، ނެތިމޮށުމުން
އެއްކިބާވެ ހުންނާށެވެ.
|