| |
|
|
ނަމާދު ވަގުތާ
ގާތްކޮށް ޠަވާފްކުރާތަނަށް
ފައިބަން އުޅުން:
ޢާއްމުގޮތެއްގައި
ތޮއްޖެހި ބާރުބޮޑުވާ އެއްވަގުތަކީ
ނަމާދަށް ބަންގި ގޮވަން ވަގުތު
ކުޑަތަންވަމުން އަންނަ ގަޑިއެވެ.
އެވަގުތު ގިނަ ޙައްޖުވެރިންތަކެއް
ޠަވާފުކުރާތަނަށް އެއްވަގުތާ
ފައިބަން އުޅުމުން، ބާރުބޮޑުވެ،
ގިނަބަޔަކަށް އަނިޔާ ވެއެވެ.
އެހެންކަމުން، ޠަވާފު ކުރާތަނަށް
ފައިބާނަމަ، ބަންގިގޮވާ ވަގުތާ
ކައިރިކޮށް ނުފައިބާށެވެ. އޭގެ
ބަދަލުގައި، އެތަނަށް ފައިބަން
ބޭނުންނަމަ ވަގުތު އޮއްވާ ގޮސް
ފައިބާށެވެ. ޚާއްޞަކޮށް
ބަންގިއަށްފަހު ވަގުތުން
ޠަވާފްކުރާތަނަށް ފޭބުމަކީ
ނުރައްކާތެރިކަން ބޮޑުކަމެކެވެ.
އެހެންކަމުން، ޚާއްޞަކޮށް
އަންހެން ބޭފުޅުން މި ވަގުތު
ޠަވާފްކުރާތަނަށް ނުފޭބުމަކީ
އެދެވިގެންވާ ކަމެކެވެ. |
 |
| |
|
|
ޙަޖަރުލް އަސްވަދަށް ބޮސްދިނުން:
ޙަޖަރުލްއަސްވަދަށް ބޮސްދިނުމަށް
ހުރިހާ ޙައްޖުވެރިންވެސް
މަސައްކަތްކުރެއެވެ. އެއީ ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ
ސުއްނަތުން ސާބިތުވެފައިވާ
ކަމެކެވެ. އެހެންނަމަވެސް ގިނަ
ބަޔަކު އެއްވަގުތާ ޙަޖަރުލް
އަސްވަދު ކައިރިއަށް ބޮނޑިވެ،
އެކަކު އަނެކަކަށް ކޮއްޕާ
އަނިޔާކޮށް ހެދުމަކީ
ވަރަށްގިނައިން ފެންނަ
މަންޒަރެކެވެ. މީގެ ސަބަބުން،
ސުއްނަތެއް އަދާ ކުރަން އުޅެގެން
ގިނަ މީހުންނަށް ފާފައަކަށް
އަރައިގަނެވެއެވެ. އެއީ އެހެން
މުސްލިމު އަޚުންނަށް
އަނިޔާކުރުމެވެ. |
 |
| |
|
|
ޢާއިލާއާއެކު:
ޢާއިލާއާއެކު
ޙައްޖުގެ އަޅުކަން އަދާ
ކުރާމީހުން އުޅެން ވާނީ
ތޮއްޖެހިފައިވާ ހިސާބުތަކާއި
ވީހާވެސް ދުރުގައެވެ.
|
 |
| |
|
|
ކުޑަކުދިން:
ކުޑަކުދިންނަކީ މި
ޙަޔާތުގެ ލައްޒަތެވެ.
އެކުދިންނަށް މަސްޖިދުލް ޙަރާމްގެ
ތެރޭގައި ވަގުތު ހޭދަކުރެވުމަކީ
ލިބޭނެ ވަރަށްބޮޑު އުފަލެކެވެ.
މަސްޖިދުލް ޙަރާމް
އަކީ ވަރަށް ބޮޑު ތަނެކެވެ. އަދި
ޚާއްޞަކޮށް ޙައްޖުގެ ދުވަސްވަރު
ގިނަ ބަޔަކު އެއްވެ އުޅުމުގެ
ސަބަބުން ތޮއްޖެހިފައިވެއެވެ.
މީގެ ސަބަބުން ކުޑަކުދިންނަށް
އެކަށީގެންވާ ސަމާލުކަމެއް
ނުދެވިއްޖެނަމަ، ގެއްލުމަކީ
އެކަށީގެންވާ ކަމެކެވެ.
އެހެން ކަމުން
އެކުދިންނާމެދު ރައްކާތެރިވާށެވެ.
އަދި ﷲ ގެ ގެކޮޅުތަކަށް،
ޚާއްޞަކޮށް މަސްޖިދުލް ޙަރާމް
އަށް އިޙްތިރާމް ކުރަން
ދަސްކޮށްދޭށެވެ. އަދި ކުޅެ
އުޅުމަށް އެކުދިން ދޫކޮށް
ނުލާށެވެ. |
 |
| |
|
|
ހައްޖު ކާޑު
ޙައްޖު އައިޑީ
ކާޑާއި، އަތުގައި އެޅުމަށް
ދީފައިވާ އުޅާ، އަދި އުޅޭ
ހޮޓަލުގެ ކާޑު އަބަދުވެސް
އަތުގައި ބާއްވާށެވެ. ގެއްލިއްޖެ
ޙާލެއްގައި ނުވަތަ ބޮޑު ކަމެއް
ދިމާވެއްޖެ ޙާލެއްގައި އެކަމެއް
ގްރޫޕަށް އެންގުމަށް ޙަރަމްގެ
މުއައްޒަފުންނަށް އެނގޭނީ މި
ކާޑުގެ ޛަރީޢާއިންނެވެ. އެހެން
ކަމުން، ޚާއްޞަކޮށް ހޮޓަލުން
ބޭރަށް ދާ ވަގުތުތަކުގައި،
ޢާއްމުކޮށް ހުރިހާ ވަގުތެއްގައި
މިކާޑު ގެންގުޅެން އާދަކުރާށެވެ. |
 |
| |
|
|
ދީނީ
އިރުޝާދު:
ޙައްޖުގެ ތެރޭގައި
ދިމާވާ ކަންތައްތަކާއި ބެހޭ
ގޮތުން އުފެދޭ ސުވާލުތައް ކުރަން
ވާނީ ދީނީ ޢިލްމުވެރިންނާއެވެ.
ނުވަތަ ދީން އުނގެނޭ ކުދިބައެއްގެ
ކައިރިންނެވެ. ކުރިން މިވެނި
އަދަދަކަށް ޙައްޖުވެފައިވާ މީހުން
ލައްވާ ސުވާލުކޮށް އެމީހުން
ބުނާގޮތަށް ހަދައިގެން ފަހަރުގައި
ތިބާގެ ޙައްޖު ބާޠިލްވާފަދަ
ކަމެއްވެސް ކުރިމަތިވުމަކީ
އެކަށިގެން ވާ ކަމެކެވެ. |
 |
| |
|
|
ފޮށިތަންމަތި
ފޮށިތަންމައްޗާއި،
ބޮޑެތި ކޮތަޅުތަކުގައި އުފުލާ
ތަކެތި މަސްޖިދުލް ޙަރާމަށް
ވެއްދުމަކީ މަނާކަމެކެވެ. އެފަދަ
ތަކެތި ވައްދަން މަސައްކަތް
ކޮށްފިނަމަ، ދޮރުވާނުން އެތަކެތި
އަތުލާނެއެވެ. އެހެންކަމުން،
ނަމާދުވަގުތާ ދިމާކޮށް ބާޒާރަށް
ވަޑައިގަތުމުގެ ބަދަލުގައި،
ނަމާދު ވަގުތުގެ ކުރިން ބާޒާރު
ނިންމާލުމަށްފަހު،
ބައްލަވައިގެންނެވި ތަކެތި
ހޮޓަލަށް ގެންދެވުމަށްފަހު
މިސްކިތަށް ދެވޭނެ ވަގުތު އޮއްވާ
ބާޒާރަށް ވަޑައިގަންނަވާށެވެ.
|
 |
| |
|
|
ސާފުތާހިރުކަން:
މިއީ ﷲ ގެ
ޙަޟްރަތުގައި އެންމެ
ޙުރުމަތްތެރިވެގެންވާ މިސްކިތެވެ.
އެހެންކަމުން، މިސްކިތުގެ
ތެރެއަށް ކުނިބުނި އެޅުމުން
އެއްކިބާވާށެވެ. |
 |
| |
|
|
މުޞްޙަފްތައް ބަހައްޓާ ހަރު:
މަސްޖިދުލް
ޙަރާމްގެ އެކި ހިސާބުތަކުގައި
ކީރިތި ޤުރުއާނުގެ މުޞްޙަފްތައް
ބަހައްޓާފައިވާ ހަރުތައް
ހުންނާނެއެވެ. ޤުރުއާން
ކިޔެވުމަށް މުޞްޙަފެއް
ނަގައިފިނަމަ، ނިމިގެން އެ
މުޞްޙަފް ހަރުގަނޑުގައި
ބެހެއްޓުމަކީ އެދެވިގެންވާ
ކަމެކެވެ.
މި ހަރުތަކުގައި
އަމިއްލަ ސާމާނުތައް (މިސާލަކަށް؛
ފައިވާން އަޅާ ކޮތަޅުތައްފަދަ)
ބެހެއްޓުމަކީ މަނާކަމެކެވެ.
އަދި މިތަނުން
މުޞްޙަފެއް މިސްކިތުން ބޭރަށް
ގެންދިޔުމަކީ މަނާކަމެކެވެ. |
 |
| |
|
|
ދޮރުތައް މަތީގައިވާ ނިޝާން؛
މީހުން ގިނަވެ،
މިސްކިތުގެ އެތެރެ
ފުރިބާރުވެއްޖެކަމާއި، އަދި އެ
ދޮރުން ނުވަދެވޭނެކަން އެންގުމުގެ
ގޮތުން މަސްޖިދުލް ޙަރާމްގެ
ކޮންމެ ދޮރެއްގެ މަތީގައި ފާހަގަ
ތަކެއް ވާނެއެވެ.
ފެހި ކުލައިގެ
ބޮކިން ފާހަގަ ކުރެވިފައިވާނަމަ،
އެއީ ވަދެވޭ ކަމުގެ ޢަލާމާތެވެ.
ރަތްކުލަ
ދިއްލިފައިވާނަ އެއީ މިސްކިތުގެ
އެތެރޭގެ އެސަރަޙައްދު
ތޮއްޖެހިފައިވާ ކަމުގެ
ޢަލާމާތެވެ. ރަތް ކުލައިން
ދިއްލިފައިވަނިކޮށް އެދޮރުން
އެތެރެއަށް ވަނުމަށް މަސައްކަތް
ނުކުރާށެވެ. |
 |
| |
|
|
ޒަމްޒަމްފެން:
މަސްޖިދުލް
ޙަރާމްގެ ހުރިހާ ހިސާބެއްގައިވެސް
ޒަމްޒަމް ފެން ލިބޭގޮތަށް
ހަދާފައި ހުންނާނެއެވެ.
ޙައްޖުވެރިންނަށް ފަސޭހަ
ކުރުމަށްޓަކައި ފިނި ކޮށްފައިވާ
ޒަމްޒަމް ފެނާއި ފިނި ނުކުރާ
ޒަމްޒަމް ލިބެން ހުންނާނެއެވެ.
މިސްކިތުގެ ތެރޭގައި
ބޭނުންވަރަކަށް ބުއިމަށެވެ.
ފުޅި ފުޅިއަށް
އަޅައިގެން ގެންދިޔުމަކީ
މަނާކުރެވިފައިވާ ކަމެކެވެ.
ހޮޓަލަށް ނުވަތަ
އެހެން ތަނަކަށްވެސް ގެންދަން
ޒަމްޒަމް އެޅުމަށް ޚާއްޞަ
ކުރެވިފައިވާ ތަނެއް މަސްޖިދުލް
ޙަރާމްގެ ބޭރުގައިވާނެއެވެ.
ފެނަކީ ﷲ
ދެއްވާފައިވާ ބޮޑު ނިޢުމަތެކެވެ.
އެހެންކަމުން، ފެން އިސްރާފު
ނުކުރާށެވެ. |
 |
| |
|
|
މިސްކިތުގެ ތެރޭގައި ހިނގާ މަގު:
މިސްކިތުގެ
ތެރޭގައި ހިނގައި އުޅުމަށް ކާޕެޓް
އަޅައި ފާހަގަ
ކުރެވިފައިވާނެއެވެ. އޭގެ
މަތީގައި އިށީނދެ ތިބުމާއި،
ނަމާދު ކުރުމަކީ މަނާ ކަމެކެވެ.
އެހެންކަމުން ހިނގުމަށް
ކަނޑައެޅިފައިވާ ތަނުގައި އިށީނދެ
ތިބުމާއި ނަމާދު ކުރުމުން
އެއްކިބާވާށެވެ.
|
 |
| |
|
|
ދޮރުމަތި:
ދޮރުތައްމަތީގައި
ނަމާދުކޮށް އިށީނދެ ހެދުމުގެ
ސަބަބުން އެހެނިހެން މީހުންނަށް
އުނދަގޫވާނެއެވެ. އަދި
އޭގެސަބަބުން ފަހަރުގައި ތިމާގެ
އަމިއްލަ ނަފްސަށް ގެއްލުމެއް
ލިބުމަކީވެސް އެކަށީގެންވާ
ކަމެކެވެ.
ނަމާދަށް
މިސްކިތަށް މީހުން ވަދެގެންދާ
ވަގުތު މިސްކިތުން ނިކުތުމަށް
މަސައްކަތް ނުކުރާށެވެ. އަދި
ނަމާދު ނިމިގެން މީހުން ނުކުންނަ
ގަޑީގައި އެތެރެއަށް ވަންނަން
މަސައްކަތް ނުކުރާށެވެ. އެހެން
ނޫންނަމަ މީހުންގެ ތެރޭގައި
ތާށިވެ، ގެއްލުމެއް ލިބުމަކީ
އެކަށީގެންވާ ކަމެކެވެ. |

 |
| |
|
|
ދެވަނަ ބުރީގައި ގޮނޑީގައި
ޠަވާފްކުރާތަން:
ގޮނޑީގައި
ޠަވާފްކުރާ މީހުން ޠަވާފް ކުރަން
ވާނީ އެ ކަނޑައެޅިފައިވާ
ތަނުންނެވެ. އެހެން ނޫންނަމަ،
އެހެނިހެން ޙައްޖުވެރިންނަށް
އަނިޔާވުމަކީ ވަރަށް ގާތް
ކަމެކެވެ. އަދި ފައިމަގުގައި
ޠަވާފްކުރާ މީހުން، މި ތަނުން
ޠަވާފްކުރުމަކީ މަނާ ކަމެކެވެ. |
 |
| |
|
|
ކަރަންޓު ސިޑި:
މަސްޖިދުލް
ޙަރާމްގެ ބައެއް ހިސާބުތަކުގައި
ކަރަންޓު ސިޑިތައް ބެހެއްޓިފައި
ވެއެވެ. މި ސިޑިތައް ދަތުރުކުރާ
ގޮތާ ޚިލާފަށް، ( މިސާލަކަށް
މައްޗަށް ދާ ސިޑިއަކުން ތިރިއަށް
) ދާން މަސައްކަތް ނުކުރާށެވެ.
އެގޮތަށް ހަދައިފިނަމަ ހީ
ނުކުރާފަދަ ގެއްލުމެއް ލިބުމަކީ
އެކަށީގެންވާ ކަމެކެވެ. |
 |
| |
|
|
މަނާކުރެވޭނެ ބައެއް ކަންތައް:
· އެއްވެސް
ބާވަތެއްގެ ހަތިޔާރެއް މަސްޖިދުލް
ޙަރާމަށް ވެއްދުން މަނާ ކަމެކެވެ.
މީގެ ތެރޭގައި ވަޅި ހިމެނޭނެއެވެ.
· މަސްޖިދުލް
ޙަރާމްއާއި މިސްކިތުގެ ޙަރިއްމަ
ތެރޭގައި ދުންފަތުގެ އިސްތިޢުމާލު
ކުރުމަކީ މަނާކަމެކެވެ.
މަސްޖިދުލް
ޙަރާމްއާއި މިސްކިތުގެ ޙަރިއްމަ
ތެރޭގައި ގަނެވިއްކުމަކީ މަނާ
ކަމެކެވެ. |

 |