މައްކާއާއި މަދީނާގެ ބައެއް މުހިއްމު ތަންތަން - ފޮޓޯއިން
 
 
 
މަދީނާގެ އަލްމަސްޖިދުއްނަބަވީ އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ މިސްކިތްކޮޅެވެ. މި މިސްކިތުގައި ކުރާ އެއް ނަމާދު، އެހެން މިސްކިތްތަކުގައި ކުރާ 1000 ނަމާދަށްވުރެ ހެޔޮވެގެން ވެއެވެ.
 
މައްކާގައިވާ ކަޢުބަތުﷲ ގެފުޅު. މިއީ މުސްލިމުންގެ ޤިބްލައެވެ.
     
 
ހިޖުރައިން 3 ވަނަ އަހަރު ކުރެވުނު މަޝްހޫރު އުޙުދު ހަނގުރާމަ ހިނގާފައިވަނީ މި ފަރުބަދައިގެ ކައިރީގައެވެ.
 
ޢަރަފާތްބިމުގައި ޙައްޖު މަހުގެ 9 ވަނަ ދުވަހު މުސްލިމުން ވަގުތު ހޭދަކުރަމުން ދަނީ. މިއީ ޢަރަފާތް ދުވަސް. މި ދުވަހު މި ބިމަށް ނާދެވޭ މީހުން ރޯދަ ހިފުމަކީ ގަދަވެގެންވާ ސުއްނަތެކެވެ.
     
 
މަދީނާގެ އަލްމަސްޖިދުއްނަބަވީގެ އެތެރޭގެ މަންޒަރެކެވެ. މި މިސްކިތުގައި ކުރާ އެއް ނަމާދު، އެހެން މިސްކިތްތަކުގައި ކުރާ 1000 ނަމާދަށްވުރެ ހެޔޮވެގެން ވެއެވެ.
 
މިނާގެ ޓެންޓުތައް މަތިން ނަގާފައިވާ ފޮޓޯއެއް
     
 
ނޫރު ފަރުބަދަ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އެންމެ ފުރަތަމަ ވަޙީބާވައިލެއްވީ މި ފަރުބަދައިގެ ޙިރާ ހޮހޮޅައިގައި ހުންނަވަނިކޮށް.
 
އަލްމަސްޖިދުލް ޙަރާމް: މި މިސްކިތުގައި ކުރާ އެއް ނަމާދު އެހެން މިސްކިތްތަކުގައި ކުރާ އެއް ލައްކަ ނަމާދަށްވުރެ ހެޔޮވެގެން ވެއެވެ.
     
 
ޖަމްރާ: ހައްޖުވެރިން ހިލަ އުކަންޖެހޭ ޖަމްރާތަކުގެ ތެރެއިން ޖަމްރާއެއް. ޖަމްރާއަށް ހިލައުކަން ދިޔުމުގައި ގުރޫޕްގެ ފަރާތުން ދޭ އިރުޝާދަށް ތަބާވުމަކީ މުހިއްމުކަމެއް.
 
މިއީ ޢަރަފާތްބިމުގައިވާ ފަރުބަދައެކެވެ.
     
 
އަލްމަސްޖިދުލް ޙަރާމްގެ އެތެރޭގެ މަންޒަރެއް: މި މިސްކިތުގައި ކުރާ އެއް ނަމާދު އެހެން މިސްކިތްތަކުގައި ކުރާ އެއް ލައްކަ ނަމާދަށްވުރެ ހެޔޮވެގެން ވެއެވެ.
 
މަދީނާގެ އަލްމަސްޖިދުއްނަބަވީގެ ދޮރުކޮޅެއް: މި މިސްކިތުގައި ކުރާ އެއް ނަމާދު، އެހެން މިސްކިތްތަކުގައި ކުރާ 1000 ނަމާދަށްވުރެ ހެޔޮވެގެން ވެއެވެ.
     
 
މަދީނާގެ ޙަރަމް ސަރަޙައްދު ވަކިކުރުމަށް ޖަހާފައިވާ ފާހަގަ ތަކުގެ ތެރެއިން ފާހަގައެއް.
 
މައްކާގެ ޙަރަމް ސަރަޙައްދު ވަކިކުރުމަށް ޖަހާފައިވާ ފާހަގަ ތަކުގެ ތެރެއިން ފާހަގައެއް.
     
 
ޢަރަފާތްބިމުގެ ސަރަޙައްދު ވަކިކުރުމަށް ޖަހާފައިވާ ފާހަގަ ތަކުގެ ތެރެއިން ފާހަގައެއް. ޙައްޖު މަހުގެ 9 ވަނަ ދުވަހު ޢަރަފާތްބިމުގެ ތެރޭގައި ތިބުމަކީ ޙައްޖުގެ ރުކުނެކެވެ. ޢަރަފާތުގައި މަޑު ނުކުރާ މީހާއަށް ޙައްޖެއް ނުވެއެވެ.
 
ގެއިން ޠާހިރުވެ، ޤުބާ މިސްކިތަށް ގޮސް ދެ ރަކުޢަތް ނަމާދެއް ކޮށްފި މީހާއަށް ޢުމްރާއެއްގެ ސަވާބާއި ދަރުމަ ލިބޭނެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިރުޝާދު ދެއްވާފައިވެއެވެ.