<<

ޢާއްމުކޮށް ޢަރަފާތް ދުވަހު ބައެއް ޙައްޖުވެރިންގެ ކިބައިން ފެންނަ ކުށްތައް

>>

 
 

 

ޢަރަފާތުގެ ހުދޫދުން ބޭރަށްފައިބައި އެބައިމީހުން އެތިބިތަނުގައި ޢަރަފާތުބޭރުގައި މަޑުކޮށްގެން ތިބެ އިރު އޮއްސުމުން މުޒްދަލިފާއަށް ދިއުން؛ މިގޮތަށް ކަންތައް ކޮށްފި މީހާއަށް ޙައްޖެއް ނެތެވެ.

އިރު އޮއްސުމުގެ ކުރިން ޢަރަފާތުން ނުކުތުން: މިގޮތް ހުއްދަނުވަނީ މިކަމަކީ ނައްބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ޢަމަލުފުޅާއި ޚިލާފުކަމަކަށްވާތީއެވެ.

ޢަރަފާތު ފަރުބަދައަށް އެރުމަށާއި އެފަރުބަދައިގެ ކޮޅަށް އެރުމަށާއި އަދިވެސް އެފަރުބަދައިގައި އަތްޖައްސާލުމަށް ނުވަތަ ނަމާދުކުރުމަށް ބޮނޑިވެ އެއްބަޔަކު އަނެއްބަޔަކު ކޮއްޕާހެދައި އުޅުން؛ މިއީ އެއްވެސް އަސްލެއްނެތް ބިދުޢައެކެވެ. މިކަމުގެ ސަބަބުން ޞިއްޙީގޮތުންނާއި އަދިވެސް މިނޫންވެސް އެތައް ގޮތަކުން ހަށިގަނޑަށް ގެއްލުންވާގޮތް މެދުވެރިވެއެވެ.

ދުޢާ ކުރުމުގައި ޢަރަފަތު ފަރުބަދައަށް ކުރިމަތިލުން މިއީވެސް މީހުންގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކުށެކެވެ. (ސުންނަތް ގޮތަކީ ޤިބްލައަށް ކުރިމަތިލައިގެން ދުޢާކުރުމެވެ.)