|
< އިރުއޮއްސުމުން
·
09 ވަނަދުވަހު އިރު އޮއްސުމުން ޙާޖީން ޢަރަފާތުން މުޒްދަލިފާއަށް
ގޮސް އެތާނގައި މަޣްރިބު ނަމާދާއި ޢިޝާ ނަމާދު ޤަޞްރު ޖަމްޢުކޮށް
ކުރާނީއެވެ. ފުރަތަމަ ބަންގި ގޮވުމަށްފަހު ޤަމަތް ދީފައި މަޣްރިބް
ނަމާދުގެ 03 ރަކުޢަތްކުރާނީއެވެ. އެއަށްފަހު ޢިޝާނަމާދުގެ 02
ރަކުޢަތް ޤަޞްރުކޮށްގެން ބަންގިއަކާއި ނުލައި ޤަމަތް ދީގެން
ކުރާނީއެވެ. މުޒްދަލިފާގައި ތިބޭއިރު ގިނަގިނައިން ޛިކުރުކޮށް
ތަލްބިޔާކިޔަންވާނެއެވެ.
< މުޒްދަލިފާއަށް ދިއުން
< އެރޭގެ މަޣްރިބްނަމާދާއި ޢިޝާނަމާދު ޤަޞްރު ޖަމްޢުކޮށް ކުރުން
< މުޒްދަލިފާގައި ތިބުން
< ފަތިސްނަމާދު ކުރުން
< ޛިކުރު ކުރުމާއި ދުޢާކުރުން
< ހިލަ ހޮވުން
·
ސުންނަތްވެގެންވާ ރަނގަޅުގޮތަކީ، ފަތިސް ނަމާދުވަގުތު ވަންދެން
މުޛްދަލިފާގައި ތިބުމެވެ. ފަތިސް ނަމާދުވެސް ކުރާނީ
މުޒްދަލިފާގައެވެ. އެހެނަސް އަންހެނުންނާއި ކުޑަކުދީންނާއި
ބަލިމީހުންނާއި މި މީސްމީހުންނަށް އެހީވާން ކޮންމެހެންޖެހޭ މީހުން
ރޭގަނޑު ދެބައިވަންދެން މުޒްދަލިފާގައި ތިބެފައި މިނާއަށް
ދިއުމަކުން މައްސަލައެއްނެތެވެ.
·
މުޒްދަލިފާގައި ފަތިސްނަމާދު ކުރުމަށްފަހު ޙައްޖުވެރިޔާއަށް
އެދެވިގެންވަނީ އަލް މަޝްޢަރިލް ޙަރާމް (މިއީ މުޒްދަލިފާގައި
ހުންނަ ފަރުބަދައެއް) ނޫނީ މުޒްދަލިފާގެ ކޮންމެތަނެއްގައި ވިޔަސް
އިރު އަރައްޖެއުމަށް ދާންދެން ޤިބްލައަށް ކުރިމަތި ލައިގެން
ޛިކުރުކުރުމާއި ދުޢާކުރުން މަތީ ދެމިހުރުމެވެ.
އިރު އެރުމުން މުޒްދަލިފާގައިން މިނާއަށް ދާނީއެވެ. މިދާދިއުމުގައި
އެދުވަހު ބޮޑު ޖަމުރާއަށް އުކާނެ ހަތް ހިލަކޮޅު ހޮވާނީ އެވެ. ދެން
އިތުރަށް އުކާ ހިލަހޮވާނީ މިނާއިންނެވެ. މިނާއަށް ދާއިރުވެސް
ތަލްބިޔާ ކިޔަންވާނެއެވެ.
* * * * * * * * * * * * * * * * * * * * * * * *
މުޒްދަލިފާގައި ކުރެވޭ ބައެއް ކުށްތައް:
§
މަޣްރިބްނަމާދާއި ޢިޝާނަމާދުގެކުރިން ހިލަ ހޮވުން.
§
ޖަމްރާތަކަށް އުކާ ހިލަ ހޮވަންޖެހޭނީ ހަމައެކަނި
މުޒްދަލިފާއިންކަމަށް ދުށުން.
§
ހޮވާ ހިލަތަށް ދޮވުން.
|