<<

ޙައްޖު މަހުގެ 10 ވަނަ ދުވަސް

(ކަތިލުމުގެ ދުވަސް އަދި ބަރަކާތްތެރި އަޟްޙާ ޢީދުގެ ފުރަތަމަ ދުވަސް)

>>

 
 
ބޮޑުޖަމްރާއާ ދިމާއަށް
 
ތަލްބިޔާ ކޔުން ހުއްޓާލުން
 
ބޮޑު ޖަމްރާއަށް ހިލައުކުން
 
ތަކުބީރު ކިޔުން
 
ހަދްޔު ކަތިލުން
 
ބޯ ބޭލުން ނުވަތަ ބޯ ކޮށުން

 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންނާއި މިނާގައިވާ ޙައްޖުވެރިން ޚާއްޞަ މޫނަކާއިގެން ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހާއި ބައްދަލުކުރެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ދެއްވި ނިޢުމަތްތަކަށް ރުހި އުފާ ފާޅުކުރަމުންނެވެ. އަދި ﷲ އަށް ކުއްތަންވުމަށްޓަކައި އުޟްހިޔާ ކަތިލުމުން ތަކުބީރު ކިޔަމުންނެވެ. ހައްޖު ވެރިން ތަކުބީރު ކިޔަން ފަށާނީ ބޮޑުޖަމްރާއަށް ހިލައުކުމަށްފަހުއެވެ.

ތަކުބީރު: اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ  اللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ.

ޖަމްރާތަކަށް ހިލައުކުމުގައި ޙައްޖުވެރިންގެ ކިބައިން ވަރަށްގިން ކުށްތަށް ފެނެއެވެ.

·        އޭނާ އެޖަހަނީ ޝައިޠާނާގެ ގައިގާކަމަށް ޤަބޫލުކޮށް ޝައިޠާނާއާއި ދިމާއަށް އެއްޗެތިކިޔަމުން ހިލައުކުން. ... ޖަމްރާއަށް ހިލައުކުން ދީނުގައި ކަނޑައެޅިފައިވަނީ ، ﷲގެ ޛިކުރު ކުރުމަށްޓަކައެވެ.

·        ޖަމްރާއަށް ބޮޑެތި ހިލައާއި ފައިވާނާއި ލަކުޑިބުރިތައް އުކުން. މިއީ ދީނުގައި ޙައްދުފަހަނައަޅައި ދިއުމެވެ. ރަސޫލު ޞައްލަﷲ އަލއިހި ވަސައްލަމް ވަނީ މިކަންތައް މަނާ ކުރައްވާފައެވެ.

·        ޖަމްރާތަކަށް ހިލައުކުމަށްޓަކއި އެކަކު އަނެކަކަށް ކޮއްޕާ އަނިޔާކުރުން. މިއީ ބޮޑު ކުށެކެވެ. ޙައްޖުވެރިޔާއަށް ވާޖިބުވެގެންވަނީ އޭނާގެ އަޚާއާއި ދޭތެރޭ ރަނގަޅަށް ކަންތައް ކޮށް ކަނޑައެޅިފައިވާ ތަނަށް ހިލައުކުމެވެ. ތަނބުގައި ނުޖެހުނަސް މައްސަލައެއް ނެތެވެ.

·        އެއްފަހަރާ ހުރިހާ ހިލަކޮޅު އުކުން. މި ހާލަތުގައި ބެލެވޭނީ އޭނާ އުކީ އެންމެ ހިލަކޮޅެއްކަމަށެވެ. ދީނުގައި ކަނޑައެޅފައިވަނީ ފަހަރަކު ހިލަކޮޅެއް އުކުމަށެވެ. އަދި ކޮންމެ ހިލަކޮޅެއް އުކާއިރުވެސް ތަކުބީރު ކިޔުމެވެ.

 

ޙައްޖެވެރިޔާ ފުރަތަމަ ޖަމްރާއަށް ހިލައުކުމަށްފަހު ބޯ ބޭލުން ނުވަތަ ބޯ ކޮށުމުން، އޭނާގެ ފުރަތަމަ ތަޙައްލުލު (ޙަލާލު ވުން) ނިމުނީއެވެ.

 

(ފުރަތަމަ ތަޙައްލުލަށްފަހު، އަނބިމީހާއަށް ރޭކުރުން ފިޔަވައި، އިޙްރާމުގައި ހުރެ ކުރުން ޙަރާމްވީ ހުރިހާ ކަމެއް އޭނާއަށް ޙަލާލުވާނެއެވެ.)