|
ތަމައްތުޢު ކޮށް ޙައްޖުވާ މީހަކުނަމަ ޢީދު ދުވަހު ހެދުނު ބޮޑު
ޖަމްރާ (ޖަމްރަތުލް ޢަޤަބާ) އަށް ހިލައުކުމަށްފަހު މައްކައަށް
އައިސް ޠަވާފުލް އިފާޟާ ކޮށް ޞަފާއާއި މަރުވާ ދެމެދު 07 ބުރު
ޖަހާނީ އެވެ.
ޠަވާފުލް އިފާޟާ މިނާގެ ދުވަސްތަކުގައި ނުކޮށް
ލަސްކޮށްލުންވެސް ހުއްދަވެގެންވެއެވެ. މައްކާއަށް އެނބުރި ދާނީ
ޖަމްރާތަކަށް ހިލަ އުކައި ނިމުމުންނެވެ.
ޢީދު ދުވަހު ޠަވާފުލް އިފާޟާ ކުރުމަށްފަހު، ހައްޖުވެރިޔާއަށް
އިޙްރާމް ބަނުމުން ޙަރާމްވީ ހުރިހާކަމެއް ހުއްދަވާނެއެވެ. އަދި
އަނބިމީހާވެސް ހުއްދަވާނެއެވެ.
އިފްރާދު ނުވަތަ ޤިރާންކޮށް ޙައްޖުވާ މީހަކުނަމަ، މައްކާއަށް
އައިސް ކުރި ޠަވާފުލް ޤުދާމާއެކު ޙައްޖުގެ ސައުޔުވެސް ވާނީ އަދާ
ކޮށްފައެވެ. |