|
* ޢީދު ދުވަހު ޠަވާފުލް އިފާޟާ ކުރުމަށްފަހު ހައްޖުވެރިޔާ މިނާއަށް
އެނބުރިގޮސް ވަޅު ޢީދު 03 ދުވަހެ އެތަނުގައި ހޭދަކުރާށެވެ.
* ނަމަވެސް، އަވަސް ކުރަން އެދޭ ޙައްޖުވެރިޔަކުނަމަ، ﷲގެ
ބަސްފުޅުގައިވާގޮތަށް ދެރޭ ކުރުމަށްފަހު އެނބުރި މައްކާއަށް ދާނީ
އެވެ.
وَاذْكُرُوا
اللَّهَ
فِي
أَيَّامٍ
مَعْدُودَاتٍ
فَمَنْ
تَعَجَّلَ
فِي
يَوْمَيْنِ
فَلاَ
إِثْمَ
عَلَيْهِ
وَمَنْ
تَأَخَّرَ
فَلاَ
إِثْمَ
عَلَيْهِ
لِمَنِ
اتَّقَى
وَاتَّقُوا
اللَّهَ
وَاعْلَمُوا
أَنَّكُمْ
إِلَيْهِ
تُحْشَرُونَ
(البقرة:
٢٠٣)
އަދި އައްޔާމުއްތަޝްރީޤުގެ ދުވަސް ތަކުގައި ތިޔަބައިމީހުން ﷲ
ހަނދުމަކޮށް އެކަލާނގެއަށް ތަކުބީރުކިޔައިއުޅޭށެވެ! ފަހެ
އޭގެތެރެއިން ފުރަތަމަ ދެދުވަހު ތިބުމަށް ފަހު މިނާއިން އެނބުރި
ދާން އެދޭމީހާ، އެނބުރިދިއުމަކުން ފާފަވެރިއެއް ނުވާނެއެވެ. އަދި
ތިންދުވަސް ވަންދެން މިނާގައި މަޑުކުރުމަށް އެދޭމީހާ
މަޑުކުރުމަކުން ވެސް ފާފަވެރިއެއް ނުވާނެއެވެ. އަދި ތިޔަބައިމީހުން
ﷲއަށް ބިރުވެތިވާށެވެ! އަދި ދަންނާށެވެ! ތިޔަބައިމީހުން
އެއްކުރެއްވޭހުށީ އެކަލާނގެ ޙަޟުރަތަށްކަން ކަށަވަރެވެ.
ޙައްޖުވެރިޔާގެ މައްޗަށްވާ ވާޖިބުތައް:
·
މިނާގައި ރޭކުރުމުގައި ކޮންމެދުވަހަކުވެސް އިރު މެދު ޖެހުމަށްފަހު
ތިން ޖަމްރާއަށް ހިލައުކުން.
·
އުކާ ކޮންމެ ހިލަކޮޅަކާއެކު ތަކުބީރު ކިޔުން.
·
ގިނަގިނައިން ﷲ ހަނދުމަކޮށް ދުޢާކުރުން.
·
މަޑުމައިތިރި ކަމާއި ހަމަހިމޭންކަމަށް ފަރުވާތެރިވުން.
·
ދެކޮޅުވެރިވެ ޒުވާބު ކުރުމާއި ތަންތަނުގައި ތޮއްޖެހުމުން ދުރުވެ
ތިބުން. |