<<

ޖަމްރާއަށް ހިލައުކުން

 

>>

 
 

 

* ޙައްޖު ވެރިޔާ ކުޑަ ޖަމްރާއަށް އަދި މެދު ޖަމްރާއަށް ހިލަ އުކުމަށްފަހު ޤިބުލައަށް ކުރިމަތިލައިގެންހުރެ ދެއަށް އުފުލާ ދުޢާ ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ.

ބޮޑު ޖަމްރާއަށް އެބަހީ "ޖަމްރަތުލް ޢަޤަބާ" އަށް ހިލަ އުކުމަށްފަހު ދުޢާކުރުމެއް އަދި އެތާ މަޑުކުރުމެއް ނޯވެއެވެ.

 

* މައްކާއަށް ދިއުމަށް އަވަސްވެ ގަންނަމީހާ 12 ވަނަ ދުވަހުގެ އިރު މެދުގައި ޖެހުމުން، ހިލަ އުކުމަށްފަހު އިރު އޮއްސުމުގެ ކުރިން މިނާއިން ނިކުންނަން ޖެހެއެވެ.

ނަމަވެސް އިރުއޮއްސުމުގެ ކުރިން އޭނާއަށް ނުނިކުމެވެއްޖެނަމަ މިނާގައި ރޭކުރުމަށްފަހު 13 ވަނަ ދުވަހު ހިލަ އުކުން އޭނާގެ މައްޗަށް ލާޒިމުވެގެންވެއެވެ.

މައްކާއަށް ދިއުމަށް ތައްޔަރުވެ ދަތުރު ފެށިފަހުން އިރު އޮއްސުނަސް އެރޭ މިނާގައި ރޭކުރުން ލާޒިމެއްނޫނެއެވެ.