|
މިނާއިން ނިކުތުމަށްފަހު ދެން ޙައްޖުވެރިޔާ ކުރިމަތިލަނީ
މައްކާއަށެވެ. ޙައްޖުގެ އެންމެ މުޙިއްމު އެއްރުކުން
އަދާކުރުމަށެވެ. އެބަހީ ޠަވާފުލް އިފާޟާއެވެ.
ޙައްޖުވެރިން އެބައިމީހުން އަޅުކަމުގެ ރުކުންތަކާއި ވާޖިބުތައް
އަދާކޮށް ނިމުމުން ދެންހަމައެކަނި އޮތްކަމަކީ ވަދާޢުގެ ޠަވާފެވެ.
އެއީ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ އަންނަނިވި
ބަސްފުޅަށް އިޖާބަދިނުމުގެ ގޮތުންނެވެ.
އެކަލޭގެފާނު ޙަދީޘްކުރައްވަނީ: "ތިޔަބައިމީހުންގެ ތެރެއިން
އެކަކުވެސް އެންމެފަހު ޢަހްދެއްގެގޮތުގައި އެކަން (އެބަހީ:
ޠަވާފުލް ވަދާޢު) ކުރުމުގެ ކުރިން ﷲގެ ގެކޮޅާ ވަކިވެ
ނުގަންނާށެވެ."
ޠަވާފުލްވަދާޢުއަކީ ޙައްޖުގެ އެންމެ ފަހު ވާޖިބެވެ. އޭނާ
އެކަން އަދާކުރަންޖެހެނީ އަނބުރާ ވަޠަނަށް ދިޔުމުގެ ދަތުރާ
ވީހާވެސް ކައިރިކޮށެވެ.
ހައިޟް ވެރިޔާ އަދި ނިފާޞް ވެރިޔާގެ ކިބައިން މިޠަވާފު މަޢާފު
ވެގެންވެއެވެ. |