<<

މީޤާތުތައް

>>
 

 

ޛުލް ޙުލައިފާ

މިހާރު މިތަނަށް ކިޔަނީ އަބްޔާރު ޢަލީ އެވެ.

މިއީ މަދީނާގެ އަހުލުވެރިންނާއި، އެމަގުން ޙައްޖަށް އަންނަ މީހުންގެ މީޤާތެވެ.

މިއީ މައްކާއާއި 450 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ.     

   
އަލް ޖުޙުފާ

މިއީ ޝާމުކަރައިގެ އަހުލުވެރިންނާއި، އެމަގުން ޙައްޖަށް އަންނަ މީހުންގެ މީޤާތެވެ.

މިއީ މައްކާއާއި 183 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ.     

   
ޤަރްނުލް މަނާޒިލް

މިހާރު މިތަނަށް ކިޔެނީ އައްސައިލުލް ކަބީރު (ބޮޑު ސައިލު) އެވެ.
މިއީ ނަޖުދުގެ އަހުލުވެރިންނާއި، އެމަގުން ޙައްޖަށް އަންނަ މީހުންގެ މީޤާތެވެ.

މިއީ މައްކާއާއި 75 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ.     

   
ޔަލަމްލަމް

މިއީ ޔަމަނުގެ އަހުލުވެރިންނާއި، އެމަގުން ޙައްޖަށް އަންނަ މީހުންގެ މީޤާތެވެ.

މިއީ މައްކާއާއި 92 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ.     

   
ޛާތު ޢިރްޤި

މިއީ ޢިރާޤުގެ އަހުލުވެރިންނާއި، އެމަގުން ޙައްޖަށް އަންނަ މީހުންގެ މީޤާތެވެ.

މިއީ މައްކާއާއި 94 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ.     

ޙައްޖު ނުވަތަ ޢުމްރާ ވާން އެދޭ މީހާ، އިޙްރާމް ނުބަނދެ، މިއިން މީޤާތެއް ފަހަނަޅައި ދިޔުމަކީ ހުއްދަވެގެން ވާ ކަމެއް ނޫނެވެ. އިޙްރާމް ނުބަނދެ، މިއިން މީޤާތެއް ފަހަނަޅައި ހިނގައްޖެ މީހާއަށްޖެހޭނީ އެނބުރި އައިސް މިއިން  މީޤާތަކުން އިޙްރާމް ބަންނާށެވެ.