|
އިޙްރާމް ބަނދެގެން ހުންނަމީހާއަށް ގަޑިއާއި ހެޑްފޯން އެޅުން، އަދި
އަނގޮޓިއާއި ފައިވާނާއި، އައިނާއި ކަމަރު އެޅުން ހުއްދައެވެ. އަދި
ލާރިއާއި ލިޔެކިޔުންތައް އަޅަންގެންގުޅޭ ކުޑަ ދަބަސް ލީ ކަމަރުވެސް
ހުއްދައެވެ.
އަދި ކުޑައިގެ ދަށުގައި ހިޔާވުމާއި ކާރުގެ ފުރާޅުން ހިޔާވުން
ހުއްދައެވެ. އަދި އަންނައުނާއި އެނދުތަންމަތި ބޯމަތީ އުފުލުންވެސް
ހުއްދައެވެ. ޒަޚަމްގައި ބޭސްއެޅުމާއި އިހްރާމް ހެދުން
ބަދަލުކުރުމާއި އެދޮވުމާއި ބޯދޮވެ ފެންވަރައި ހެދުން ހުއްދައެވެ.
މިއިންކަމެއްގެތެރޭގައި ގަސްދަކާއިނުލައި އިސްތަށްޓެއް ކެނޑުނަސް
މައްސަލައެއްނެތެވެ. އަދި އިހްރާމް ބަނދެގެން ހުރި ފިރިހެނާއި
ހަދާންނެތިގެން ނުވަތަ ހުކުމް ނޭގިހުރެ ބޯ ނިވާކޮށްފިނަމަ
ހަނދާންވި އިރަކުން ނުވަތަ ޙުކުމް އެގުނުހާ އަވަހަކަށް ބޯ ހާމަ
ކުރަން ޖެހޭނެއެވެ. އަދި އެކަމަކުން އޭނާއަށް އެއްވެސް ގެއްލުމެއް
ނުވެއެވެ. |