|
ޢުމުރާވެރިޔާ މައްކާއަށް ދެވުމުން،
ހިނައިގަތުމަކީ މުސްތަޙައްބު ވެގެންވާ
ކަމެކެވެ. ދެން ޢުމުރާގެ އަޅުކަން އަދާކުރުމަށްޓަކައި އަލް
މަސްޖިދުލް ޙަރާމްއަށް ދާނީ އެވެ.
ހިނައިނުގަނެ، ހަމައެކަނި ވުޟޫކޮށްލައިގެން މަސްޖިދުލް
ޙަރާމްއަށް ދިޔަޔަސް މައްސަލައެއްނެތެވެ. މިސްކިތަށް ވަންނައިރު
ކަނާތުފައި އިސްކުރަމުން ކިޔާނީ މިދުޢާއެވެ.
أَعُوذُ
بِاللَّهِ
الْعَظِيْمِ
وَوَجْهِهِ
الْكَرِيْمِ
وَسُلْطَانِهِ
الْقَدِيْمِ
مِنَ
الشَّيْطَانِ
الرَّجِيْمِ
....
اللَّهُمَّ افْتَحْ
لِيْ
أَبْوَابَ
رَحْمَتِكَ
އެހެނިހެން މިސްކިތްތަކަށް ވަންނައިރުވެސް މިދުޢާ ކިޔުން މަޝްރޫޢު
ވެގެންވެއެވެ.

ދެން ޢުމްރާވެރިޔާ ދާނީ ޠަވާފު ފެށުމަށްޓަކައި ގެފުޅުކައިރިއަށެވެ.
ތަވާފު ކުރާއިރު ފިރިހެނާގެ ކަނާތު ކޮނޑު ފެންނަގޮތަށް
އިޙްރާމްއެޅުމަކީ ސުންނަތް ކަމެކެވެ. (ހަމައެކަނި ޢުމުރާއާއި
ޠަވާފުލްޤުދޫމުގައެވެ.)
ދެން ޠަވާފް ކުރަން ފައްޓާނީއެވެ. އެއީ ހަޖަރުލްއަސްވަދުން
ފެށިގެންނެވެ. ޙަޖަރުލްއަސްވަދާ ހަމައަށް ދެވޭގޮތް ނުވެއްޖެނެމަ
ދުރުން އިޝާރާތް ކޮށްލުމުން ފުދޭނެއެވެ. އެހިސާބާހަމަވުމުން
މަޑުނުކޮށް ކިޔާނީ
اللَّهُ أَكْبَرُ
މިހެންނެވެ. ޙަޖަރުލްއަސްވަދަށް ބޮސްދޭން
ނުވަތަ އެހިސާބަށް ދިޔުމަށް ޒުވާބުކޮށް، ކޮއްޕުންފަދަ
އެހެންމުސްލިމުންނަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރުމަކީ
ހުއްދަކަމެއްނޫނެވެ.
ހަތްބުރު ހަމަވަންދެން ޠަވާފު ކުރިއަށް ގެންދާށެވެ. ކޮއްޕުމާއި
އަޑުގަދަކުރުންފަދަ މީހުންނަށް އުނދަގޫވާ ކަންތައްތަކުން
ދުރުހެލިވާށެވެ.
ރުކުނުލްޔަމާނީއާ ހަމަވުން ފަސޭހައިން އަތްލެވޭގޮށް ވެއްޖެނަމަ
އެކަނުގައި އަތްޖައްސާލާނީއެވެ. އެހެންނަމަވެސް ބައެއް
ޙައްޖުވެރިން ކަންތައްކުރާ ފަދައިން ބޮސްދީ އަތްކާތްތާއި
ހަދައިގެންނުވާނެއެވެ. އަދި އެއީ މާތްނަބިއްޔާ
ޞައްލަﷲ ޢަލައިހި ވަސައްލްމްގެ ސުންނަތާއި
ޚިލާފްކަމެވެ. ރުކުނުލްޔަމާނީގައި އަތްޖައްސާލެވޭގޮތް
ނުވެއްޖެނަމަ، އިޝާރާތްކުރުމެއް އަދި ތަކުބީރު ކިޔުމެއްވެސް
ނުވެއެވެ. ޠަވާފުކުރާއިރު ރުކުނުލްޔަމާނީއާއި ޙަޖަރުލްއަސްވަދާއި
ދޭތެރޭ މިދުޢާ ކިޔުމަކީ ސުންނަތެވެ.
رَبَّنَا آَتِنَا فِي الدُّنْيَا
حَسَنَةً وَفِي الْآَخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
ޢުމުރާވެރިޔާ މިގޮތަށް އޭނާގެ ޠަވާފުގެ ހަތްބުރު ހަމަކުރާނީއެވެ.
ކޮންމެ ބުރެއްވެސް ފަށްޓާނީ އަދި ނިންމާނީ ޙަޖަރުލްއަސްވަދަށެވެ.
ޠަވާފުލް ޤުދޫމުގެ ފުރަތަމަ ތިންބުރުގައި އަވަސްކޮށް ހިނގުން
ސުންނަތްވެގެންވެއެވެ. އެއީ ރަމްލުކުރުމޭ ޢަރަބިބަހުން ކިޔައެވެ.
ޠަވާފު ނިމުމުން ކުރަންޖެހޭ ކަންތައްތައް:
·
ކަނައާތު ކޮނޑު ނިވާކުރުން.
·
މަޤާމް އިބްރާހިމްގެ ފަހަތުގައި ދެ ރަކުއަތް ނަމާދެއް ކުރުން.
އެސަރަހައްދުން ތަންކޮޅެއްނުލިބިއްޖެނަމަ ނުވަތަ ފަސޭޙައިން
ކުރެވޭގޮތް ނުވެއްޖެނަމަ މަސްޖިދުލްޙަރާމްގެ ކޮންމެ
ތަނެއްގައިވެސް މިނަމާދު ކުރެވިދާނެއެވެ. މި ދެރަކުޢަތަކީ ގަދަ
ސުންނަތެކެވެ. ފުރަތަމަ ރަކުޢަތުގައި އަލްޙަމްދުއަށްފަހު
ކިޔާނީ ކާފިރޫން ސޫރަތެވެ. ދެވަނަ ރަކުޢަތުގައި އަލްޙަމްދުއަށްފަހު
ކިޔާނީ އިޚްލާޞް ސޫރަތެވެ. މިނޫން އެހެން ދެ ސޫރަތެއް
ކިޔެވިނަމަވެސް މައްސަލައެއްނެތެވެ.
|