|
*
طواف
ކޮށް ނިމުމުން ދެން ދާނީ
صفا
އަށް ސަޢުޔު ކުރުމަށްޓަކައެވެ. އެތަނުގައި ޖަހާނީ 7 ބުރެވެ. ދެން
ފަހެ
صفا
އާއި ކައިރިވުމުން ކިޔާނީ
إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ فَمَنْ حَجَّ
الْبَيْتَ أَوِ اعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَنْ يَطَّوَّفَ
بِهِمَا وَمَنْ تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ
* ދެން ޞަފާއަށް އަރާނީ އެވެ. އެއަށްފަހު ގެފުޅަށް
ކުރިމަތިލައިގެން ހުރެ
الْحَمْدُ
لِلَّهِ ،
اللَّهُ
أَكْبَرُ
ތިންފަހަރު ކިޔާ ދެއަތް އުފުލައިގެން ހުރެ އަންނަނިވި ދުޢާ
ކިޔާނީއެވެ.
لاَ إِلَهَ إِلاَّ اللَّهُ، وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى
كُلِّ شَيْءٍ قَدِيْرٌ، لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ
الأَحْزَابَ وَحْدَهُ.
* މި ދުޢާ ތިންފަހަރު ތަކުރާރު ކުރާހުށިއެވެ. އަދި އެދޭތެރޭގައި
ބޭނުން ދުޢާ އެއް ކުރަންވީއެވެ. ނުވަތަ ހަމައެކަނި އެ ދުޢާ
ކިޔުމުންވެސް ފުދެއެވެ.
تكبير
ކިޔާ އިރު އަތުން އިޝާރާތް ކުރާކަށް ނުޖެހޭނެއެވެ. އަދި ދުޢާ ކުރާ
އިރު ނޫނީ ދެއަތް އުފުލުމެއްވެސް ނުވެއެވެ.
* އެއަށްފަހު
صفا
އިން ފައިބާ
مروة
އަށް ދިޔުމަށް ހިގައިގަންނާނީއެވެ. އަދި އެތާތެރޭގައި ކުރެވުނު
ވަރަކުން ދުޢާ ކުރާހުށިއެވެ. އަމިއްލަ ނަފްސަށާއި، ގާތް ތިމާގެ
މީހުނަށާއި އެންމެހާ މުސްލިމުންނަށް ދުޢާ ކުރުން ވެއެވެ. އަދި ފެހި
އަލި ނުވަތަ ފެހިކުލައިންވާ ފާހަގަޔާ ހަމައަށް ދެވުމުން ބާރަށް
ދުވުން
شرع
ވެގެން ވެއެވެ. ނަމަވެސް އެއީ ހަމައެކަނި ފިރިހެނުންނަށެވެ.
އަންހެނުންނަކަށް ދުވުމެއް ނުވެއެވެ. އެގޮތުގައި ދާނީ ދެވަނަ
ފެހިބޮކި ނުވަތަ ފެހި ފާހަގަޔާ ހަމަޔަށެވެ. އެހިސާބުން ހަމަ
އާދައިގެ ހިގުމަށް ބަދަލުކޮށް އެގޮތުގައި
مروة
އާ ހަމައަށް ދާނީއެވެ.
* ދެންފަހެ
مروة
ޔާ ހަމަޔަށް ދެވުމުން ޤިބުލައަށް ކުރިމަތިލައިގެން ހުރެ
صفا
ގައި ކީ ދުޢާތައް ކިޔާނީއެވެ. އޭގެ ތެރޭގައި "إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ فَمَنْ حَجَّ
الْبَيْتَ أَوِ اعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَنْ يَطَّوَّفَ
بِهِمَا وَمَنْ تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ" އެ އާޔަތް ނުހިމެނޭނެއެވެ. ދެން ބޭނުން
ކަމަކަށް ދުޢާ ކުރުމައްފަހު
مروة
އިން ފައިބައިގެން ހިގައިގަންނާނީއެވެ. ފެހި ބޮކި ނުވަތަ ޢަލާމާތާ
ހަމައަށް ދެވުމުން ބާރުކޮށްލާނީއެވެ. ދެން އަނެއްކާވެސް ހަމަ
އާދައިގެ ހިގުމުގައި
صفا
އާ ހަމައަށް ދާނީއެވެ. މިގޮތަށް 7 ބުރު ހަމަކުރާނީއެވެ. އެއީ
صفا
އިން
مروة
އަށް ދެވުމުން އެއީ އެއް ބުރެވެ. އަދި
مروة
އިން
صفا
އަށް ދެވުމުން އެއީ ދެވަނަބުރެވެ.
* ފައިމަގުގައި ހިގާފައި ޞަޢުޔު ކުރަނިކޮށް ހިގާފައި ޞަޢުޔު
ނުކުރެވޭ ފަދަ ކަމެއް ނުވަތަ ބައްޔެއް ވެއްޖެނަމަ ފުރޮޅުލީ
ގޮޑީގައި ކުރުމަކުން މައްސަލައެއް ނެތެވެ.
* ދެން ފަހެ ސަޢުޔު ފުރިހަމަ ކުރުމަށް ފަހު ބޯބާލާނީއެވެ. ނުވަތަ
ބޯކޮށާނީއެވެ. ބޯއެއްކޮށް ބޭލުން މޮޅުއިތުރުވެގެންވެއެވެ. އަދި
ބޯކޮށާނަމަ މުޅި ބޮލުގެ ހުރިހާ ދިމާލެއްވެސް ޝާމިލްވާގޮތަށް ކޮށުން
ހުއްޓެވެ. އަދި އަންހެނެއްނަމަ ކޮށާނީ އިގިލީ
ބަދައެއްގެ މިންވަރަށެވެ.
އެބަހީ އިގިލީގެ ފުރަތަމަ ބަދައެވެ.
* އެހިސާބުން
عمرة
ގެ ކަންތައް ނިމުނީއެވެ. އަދި އިހުރާމްގެ ސަބަބުން ޙަރާމްވި
ހުރިހާކަމެއް ހުއްދަވީއެވެ.
|