ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 

##siteName##


ޙައްޖު - ފިޔަވަޅަކުން ފިޔަވަޅަކުން

ޙައްޖުވެވޭ ގޮތްތައް
ޙައްޖުވުމަށްވަނީ 3 ގޮތެވެ. އެއީ ތަމައްތުޢު ، ޤިރާން އަދި އިފްރާދެވެ. މީގެ ތެރެއިން ޢާއްމުކޮށް ދިވެހި ޙައްޖުވެރިން ކުރާނީ ތަމައްތުޢު ޙައްޖެވެ.
މީޤާތު
ޙައްޖު ނުވަތަ ޢުމްރާ ވާން އެދޭ މީހާ، އިޙްރާމް ނުބަނދެ، މިއިން މީޤާތެއް ފަހަނަޅައި ދިޔުމަކީ ހުއްދަވެގެން ވާ ކަމެއް ނޫނެވެ. އިޙްރާމް ނުބަނދެ، މިއިން މީޤާތެއް ފަހަނަޅައި ހިނގައްޖެ މީހާއަށްޖެހޭނީ އެނބުރި އައިސް މިއިން މީޤާތަކުން އިޙްރާމް ބަންނާށެވެ.
އިޙްރާމް ބަނުމަށްފަހު ކުރުން މަނާ ކަންތައްތައް
އިޙްރާމް ބަނދެގެން ހުންނަ ފިރިހެން މީހާއަށް ފަހާފައިހުންނަ އެއްވެސް އެއްޗެއް އޭނާގެ މުޅި ހަށިގަނޑުގައި ނުވަތަ ހަށިގަނޑުން ބައެއްގައި ނަމަވެސް ލުން ހުއްދަވެގެންނުވެއެވެ. މިސާލަކަށް، ޖުއްބާ، ޤަމީސް، ފަޓްލޫން، ހަރުވާޅު އަދި ޚުއްފެވެ. ނަމަވެސް އިޒާރެއް (ތިރިން އަންނަ އިޙްރާމް) ނުލިބިއްޖެ ހިނދެއްގައި ހަރުވާޅެއްލުން ހުއްދައެވެ. އަދި ފައިވާނެއް ނުލިބިއްޖެނަމަ ޚުއްފުލުން ހުއްދައެވެ. އަދި އެކަމުން އޭނާއަށް އެއްވެސް ގެއްލުމެއް ނެތެވެ.
އިޙްރާމް ބަނުމަށްފަހު ކުރުން ހުއްދަ ކަންތައްތައް
އިޙްރާމް ބަނދެގެން ހުންނަމީހާއަށް ގަޑިއާއި ހެޑްފޯން އެޅުން، އަދި އަނގޮޓިއާއި ފައިވާނާއި، އައިނާއި ކަމަރު އެޅުން ހުއްދައެވެ. އަދި ލާރިއާއި ލިޔެކިޔުންތައް އަޅަންގެންގުޅޭ ކުޑަ ދަބަސް ލީ ކަމަރުވެސް ހުއްދައެވެ.
ޢުމްރާގެ ޠަވާފު
ޢުމުރާވެރިޔާ މައްކާއަށް ދެވުމުން، ހިނައިގަތުމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. ދެން ޢުމުރާގެ އަޅުކަން އަދާކުރުމަށްޓަކައި އަލް މަސްޖިދުލް ޙަރާމްއަށް ދާނީ އެވެ. ހިނައިނުގަނެ، ހަމައެކަނި ވުޟޫކޮށްލައިގެން މަސްޖިދުލް ޙަރާމްއަށް ދިޔަޔަސް މައްސަލައެއްނެތެވެ. މިސްކިތަށް ވަންނައިރު ކަނާތުފައި އިސްކުރަމުން ކިޔާނީ މިދުޢާއެވެ.
ޢުމްރާގެ ސަޢުޔު
އެއަށްފަހު صفا އިން ފައިބާ مروة އަށް ދިޔުމަށް ހިގައިގަންނާނީއެވެ. އަދި އެތާތެރޭގައި ކުރެވުނު ވަރަކުން ދުޢާ ކުރާހުށިއެވެ. އަމިއްލަ ނަފްސަށާއި، ގާތް ތިމާގެ މީހުނަށާއި އެންމެހާ މުސްލިމުންނަށް ދުޢާ ކުރުން ވެއެވެ. އަދި ފެހި އަލި ނުވަތަ ފެހިކުލައިންވާ ފާހަގަޔާ ހަމައަށް ދެވުމުން ބާރަށް ދުވުން شرع ވެގެން ވެއެވެ. ނަމަވެސް އެއީ ހަމައެކަނި ފިރިހެނުންނަށެވެ. އަންހެނުންނަކަށް ދުވުމެއް ނުވެއެވެ. އެގޮތުގައި ދާނީ ދެވަނަ ފެހިބޮކި ނުވަތަ ފެހި ފާހަގަޔާ ހަމަޔަށެވެ. އެހިސާބުން ހަމަ އާދައިގެ ހިގުމަށް ބަދަލުކޮށް އެގޮތުގައި مروة އާ ހަމައަށް ދާނީއެވެ.
ސަޢުޔު ކުރުމުގައި ބައެއް ޙައްޖުވެރިންގެ ކިބައިން ފާހަގަ ކުރެވޭ ބައެއް ކުށްތައް
# حيض ވެރިޔާ އާއި نفاس ވެރިޔާ އަށް طواف ނުކުރެވޭނެ އެވެ. ނަމަވެސް ސަޢުޔު ކުރުން ހުއްދަވާނެއެވެ. އެހެނީ ސަޢުޔު ކުރާ ތަނަކީ مسجد الحرام ގެތެރެއިންވާ ތަނެއްނޫނެވެ. * ދެއަތުން ނުވަތަ އެއްއަތުން ޙަރަމްފުޅާދިމާލަށް އިޝާރާތްކޮށް ހެދުމަކީ حج ވެރިންނާއި عمرة ވެރިންގެ ފަރާތުން ފެންނަ ވަރަށް ބޮޑުކުށެކެވެ. * އަދި ހަމަ އެހެންމެ އަންހެނުން ފެހި ދެބޮކި ދެމެދު (ފިރިހެނުންނެކޭ އެއްގޮތަށް) ބާރަށް ހިގުންވެސް ކުށް ތަކުގެތެރެއިން ފާހަގަ ކުރެވެއެވެ. އެހެނީ އެއީ ހަމައެކަނި ފިރިހެނުންނަށް އޮތް ކަމެކެވެ.
ޙައްޖުމަހުގެ 8 ވަނަ ދުވަސް
# حيض ވެރިޔާ އާއި نفاس ވެރިޔާ އަށް طواف ނުކުރެވޭނެ އެވެ. ނަމަވެސް ސަޢުޔު ކުރުން ހުއްދަވާނެއެވެ. އެހެނީ ސަޢުޔު ކުރާ ތަނަކީ مسجد الحرام ގެތެރެއިންވާ ތަނެއްނޫނެވެ. * ދެއަތުން ނުވަތަ އެއްއަތުން ޙަރަމްފުޅާދިމާލަށް އިޝާރާތްކޮށް ހެދުމަކީ حج ވެރިންނާއި عمرة ވެރިންގެ ފަރާތުން ފެންނަ ވަރަށް ބޮޑުކުށެކެވެ. * އަދި ހަމަ އެހެންމެ އަންހެނުން ފެހި ދެބޮކި ދެމެދު (ފިރިހެނުންނެކޭ އެއްގޮތަށް) ބާރަށް ހިގުންވެސް ކުށް ތަކުގެތެރެއިން ފާހަގަ ކުރެވެއެވެ. އެހެނީ އެއީ ހަމައެކަނި ފިރިހެނުންނަށް އޮތް ކަމެކެވެ.
ޙައްޖުމަހުގެ 9 ވަނަ ދުވަސް
ޢަރަފާތު ބިމުގައި މަޑުކުރުމަކީ ޙައްޖުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ޢަރަފާތުގައި މަޑުކުރުމަކާއި ނުލައި ޙައްޖު ޞައްޙަ ނުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ."........." "ޙައްޖަކީ ޢަރަފާތެވެ."
ޢާއްމުކޮށް ޢަރަފާތް ދުވަހު ބައެއް ޙައްޖުވެރިންގެ ކިބައިން ފެންނަ ކުށްތައް
ޢަރަފާތު ފަރުބަދައަށް އެރުމަށާއި އެފަރުބަދައިގެ ކޮޅަށް އެރުމަށާއި އަދިވެސް އެފަރުބަދައިގައި އަތްޖައްސާލުމަށް ނުވަތަ ނަމާދުކުރުމަށް ބޮނޑިވެ އެއްބަޔަކު އަނެއްބަޔަކު ކޮއްޕާހެދައި އުޅުން؛ މިއީ އެއްވެސް އަސްލެއްނެތް ބިދުޢައެކެވެ. މިކަމުގެ ސަބަބުން ޞިއްޙީގޮތުންނާއި އަދިވެސް މިނޫންވެސް އެތައް ގޮތަކުން ހަށިގަނޑަށް ގެއްލުންވާގޮތް މެދުވެރިވެއެވެ.
މުޒްދަލިފާގައި
09 ވަނަދުވަހު އިރު އޮއްސުމުން ޙާޖީން ޢަރަފާތުން މުޒްދަލިފާއަށް ގޮސް އެތާނގައި މަޣްރިބު ނަމާދާއި ޢިޝާ ނަމާދު ޤަޞްރު ޖަމްޢުކޮށް ކުރާނީއެވެ. ފުރަތަމަ ބަންގި ގޮވުމަށްފަހު ޤަމަތް ދީފައި މަޣްރިބް ނަމާދުގެ 03 ރަކުޢަތްކުރާނީއެވެ. އެއަށްފަހު ޢިޝާނަމާދުގެ 02 ރަކުޢަތް ޤަޞްރުކޮށްގެން ބަންގިއަކާއި ނުލައި ޤަމަތް ދީގެން ކުރާނީއެވެ. މުޒްދަލިފާގައި ތިބޭއިރު ގިނަގިނައިން ޛިކުރުކޮށް ތަލްބިޔާކިޔަންވާނެއެވެ.
ޙައްޖު މަހުގެ 10 ވަނަ ދުވަސް (ކަތިލުމުގެ ދުވަސް އަދި ބަރަކާތްތެރި އަޟްޙާ ޢީދުގެ ފުރަތަމަ ދުވަސް)
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންނާއި މިނާގައިވާ ޙައްޖުވެރިން ޚާއްޞަ މޫނަކާއިގެން ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހާއި ބައްދަލުކުރެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ދެއްވި ނިޢުމަތްތަކަށް ރުހި އުފާ ފާޅުކުރަމުންނެވެ. އަދި ﷲ އަށް ކުއްތަންވުމަށްޓަކައި އުޟްހިޔާ ކަތިލުމުން ތަކުބީރު ކިޔަމުންނެވެ. ހައްޖު ވެރިން ތަކުބީރު ކިޔަން ފަށާނީ ބޮޑުޖަމްރާއަށް ހިލައުކުމަށްފަހުއެވެ.
ޠަވާފުލްއިފާޟާ
ތަމައްތުޢު ކޮށް ޙައްޖުވާ މީހަކުނަމަ ޢީދު ދުވަހު ހެދުނު ބޮޑު ޖަމްރާ (ޖަމްރަތުލް ޢަޤަބާ) އަށް ހިލައުކުމަށްފަހު މައްކައަށް އައިސް ޠަވާފުލް އިފާޟާ ކޮށް ޞަފާއާއި މަރުވާ ދެމެދު 07 ބުރު ޖަހާނީ އެވެ. ޠަވާފުލް އިފާޟާ މިނާގެ ދުވަސްތަކުގައި ނުކޮށް ލަސްކޮށްލުންވެސް ހުއްދަވެގެންވެއެވެ. މައްކާއަށް އެނބުރި ދާނީ ޖަމްރާތަކަށް ހިލަ އުކައި ނިމުމުންނެވެ. ޢީދު ދުވަހު ޠަވާފުލް އިފާޟާ ކުރުމަށްފަހު، ހައްޖުވެރިޔާއަށް އިޙްރާމް ބަނުމުން ޙަރާމްވީ ހުރިހާކަމެއް ހުއްދަވާނެއެވެ. އަދި އަނބިމީހާވެސް ހުއްދަވާނެއެވެ.
އައްޔާމުއްތަޝްރީޤް (ހައްޖުމަހުގެ 11 ، 12 އަދި 13)
އަދި އައްޔާމުއްތަޝްރީޤުގެ ދުވަސް ތަކުގައި ތިޔަބައިމީހުން ﷲ ހަނދުމަކޮށް އެކަލާނގެއަށް ތަކުބީރުކިޔައިއުޅޭށެވެ! ފަހެ އޭގެތެރެއިން ފުރަތަމަ ދެދުވަހު ތިބުމަށް ފަހު މިނާއިން އެނބުރި ދާން އެދޭމީހާ، އެނބުރިދިއުމަކުން ފާފަވެރިއެއް ނުވާނެއެވެ. އަދި ތިންދުވަސް ވަންދެން މިނާގައި މަޑުކުރުމަށް އެދޭމީހާ މަޑުކުރުމަކުން ވެސް ފާފަވެރިއެއް ނުވާނެއެވެ. އަދި ތިޔަބައިމީހުން ﷲއަށް ބިރުވެތިވާށެވެ! އަދި ދަންނާށެވެ! ތިޔަބައިމީހުން އެއްކުރެއްވޭހުށީ އެކަލާނގެ ޙަޟުރަތަށްކަން ކަށަވަރެވެ.
ޖަމްރާއަށް ހިލައުކުން
ޙައްޖު ވެރިޔާ ކުޑަ ޖަމްރާއަށް އަދި މެދު ޖަމްރާއަށް ހިލަ އުކުމަށްފަހު ޤިބުލައަށް ކުރިމަތިލައިގެންހުރެ ދެއަށް އުފުލާ ދުޢާ ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ބޮޑު ޖަމްރާއަށް އެބަހީ "ޖަމްރަތުލް ޢަޤަބާ" އަށް ހިލަ އުކުމަށްފަހު ދުޢާކުރުމެއް އަދި އެތާ މަޑުކުރުމެއް ނޯވެއެވެ. * މައްކާއަށް ދިއުމަށް އަވަސްވެ ގަންނަމީހާ 12 ވަނަ ދުވަހުގެ އިރު މެދުގައި ޖެހުމުން، ހިލަ އުކުމަށްފަހު އިރު އޮއްސުމުގެ ކުރިން މިނާއިން ނިކުންނަން ޖެހެއެވެ.
ޠަވާފުލް ވަދާޢު
މިނާއިން ނިކުތުމަށްފަހު ދެން ޙައްޖުވެރިޔާ ކުރިމަތިލަނީ މައްކާއަށެވެ. ޙައްޖުގެ އެންމެ މުޙިއްމު އެއްރުކުން އަދާކުރުމަށެވެ. އެބަހީ ޠަވާފުލް އިފާޟާއެވެ. ޙައްޖުވެރިން އެބައިމީހުން އަޅުކަމުގެ ރުކުންތަކާއި ވާޖިބުތައް އަދާކޮށް ނިމުމުން ދެންހަމައެކަނި އޮތްކަމަކީ ވަދާޢުގެ ޠަވާފެވެ. އެއީ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ އަންނަނިވި ބަސްފުޅަށް އިޖާބަދިނުމުގެ ގޮތުންނެވެ.
ޠަވާފު ކުރުމުގައި ބައެއް ޙައްޖުވެރިންގެ ކިބައިން ފާހަގަ ކުރެވޭ ބައެއް ކުށްތައް
* ބައެއް މީހުން طواف ކުރާއިރު حجر إسماعيل ގެ އެތެރެއިން ލާފައި طواف ކުރެއެވެ. އެއީ ރަގަޅު ގޮތެއް ކަމަށް ހީކޮށެވެ. އެކަމަކު ހަގީގަތުގައި حجر إسماعيل އަކީ ގެފުޅުގެ ތެރެއިން ވާ ބައެކެވެ. ވީމާ އެތާގެ އެތެރެއިން طواف ކޮއްފިނަމަ صح އެއް ނުވާނެއެވެ.
Page Number :  

 
 
 

 

 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429