##siteName##


 ޙައްޖު 1432  

1432 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ 2011 ނޮވެމްބަރު 5 ވާ ހޮނިހިރު ދުވަސް

27 އޮކްޓޯބަރ 2011
ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން

ޢަދުލުވެރި ހެކިންތަކެއްގެ ހެކިބަހާއެކު، މިއަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު، 1432 ޛުލްޤަޢިދާ 29 ވީ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓަށް ވަނީ ސާބިތުވެފައެވެ.

މިހެން ކަމުން، ހިޖުރީ ސަނަތުން 1432 ވަނަ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ، މީލާދީ ސަނަތުން 2011 އޮކްޓޫބަރ 28 ވާ ހުކުރު ދުވަހަސް ކަމަށް ސުޢޫދީ ޢަރަބިއްޔާގެ ސުޕްރީމް ކޯޓުން އިޢުލާން ކޮށްފިއެވެ.

މިރޭ ސުޢޫދީ ޢަރަބިއްޔާގެ ސުޕްރީމް ކޯޓުން ނެރެފައިވާ ޤަރާރުގައި ވާ ގޮތުގެ މަތިން 1432 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ 2011 ވަނަ އަހަރުގެ ނޮވެމްބަރު 5 ވާ ހޮނިހިރު ދުވަހެވެ. އަދި އަދި މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ 2011 ވަނަ އަހަރުގެ ނޮވެމްބަރު 6 ވާ އާދިއްތަ ދުވަހެވެ.

ވީމާ، އެންމެހައި ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންވެސް މި މައްސަރުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ޢަޒުމުކަނޑައަޅައި މަސައްކަތް ކުރުމަށް އެދެމެވެ. އަދި ޙައްޖުމަހުގެ 9 ވަނަ ދުވަސްކަމަށްވާ ޢަރަފާތްދުވަހުގެ ފުރިހަމަ ފައިދާ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙާޒިރުވެތިއްބެވި އެންމެހައި ޙައްޖާޖީންނަށް ދެއްވުމަށްއެދި މާތް ﷲގެ ހަޟްރަތަށް ދުޢާ ކުރުމެވެ. އަދި ޙައްޖުގެ އަޅުކަން ޢަދާކުރުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށްވެސް މި ދުވަހުގެ ރޯދަ ހިފައި އެދުވަހުގެ ބޭނުން ފުރިހަމަ ގޮތުގައި ލިބުމުގެ ތަޥްފީޤު ދެއްވުން އެދި ދުޢާކުރަމެވެ. އާމީން!
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1632 ފަހަރު