##siteName##


 ޙައްޖު 1430  

ދިވެހި ޙައްޖުވެރިން ޢަރަފާތް ބިމަށް ދަތުރު ކުރަނީ

26 ނޮވެމްބަރ 2009
ޚަބަރު : ނޫރުލްއިސްލާމް

25 ނޮވެމްބަރު 2009

1:30 ރޭގަނޑު

މިނާ

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްތިބި ދިވެހި ޙައްޖާޖީން ޢަރަފާތް ބިމަށް ދިޔުމަށް ދަތުރު ކުރަމުން އެބަދެއެވެ. މިގޮތުން މިރޭ 11:00 އިން ފެށިގެން ދިވެހި ޙައްޖު ގުރޫޕްތަކުން ދަނީ ޢަރަފާތަށް ދަތުރު ކުރަމުންނެވެ.

މިހާތަނަށް ޢަރަފާތަށް ގޮސްފައިވަނީ އަތަމާ ގުރޫޕާއި ސަފާ ގުރޫޕާއި މަނާސިކް ގުރޫޕާއި އަތަމާ ގުރޫޕްގެ ޙައްޖުވެރިންނެވެ. ޒަޢީމާ ގުރޫޕްގެ ޙައްޖުވެރިން ޢަރަފާތަށް ފުރުމަށްޓަކައި ތައްޔާރުވަމުން އެބަދެއެވެ. އަދި މާ ގިނަ އިރުތަކެއް ނުވެ ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިން ފުރާގޮތަށްވަނީ ހަމަޖެހިފައެވެ. އަލްޚައިރު ގުރޫޕްގެ ޙައްޖުވެރިން ޢަރަފާތަށް ދާން ހަމަޖެހިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިއަދު ވިއްސާރައިގެ ސަބަބުން ބައެއް މައްސަލަތައް ދިމާވި އެސްބީޓީގެ ޙައްޖުވެރިންވަނީ މިރޭ ގާތްގަޑަކަށް 8:30 ހާއިރު ޢަރަފާތަށް ފުރާފައެވެ.

އަދި މިއަހަރު ޙައްޖުވެރިންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ މިރޭ ޙައްޖުވެރިންގެ ޙާލު ބެއްލެވުމަށް މިނާގެ ފޭލިގެތަކަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މިއަދު ބައެއް މައްސަލަތައް ދިމާވި އެސްބީޓީ ޖަމާޢަތުގެ ޙައްޖުވެރިންގެ ޙާލު ބެއްލެވުމަށް މިނިސްޓަރ ވަނީ ޒިޔާރަތް ކުރައްވާފައެވެ. (މި ޚަބަރުގެ ތަފްޞީލް އިރާދަކުރެއްވިއްޔާ ތަންކޮޅެއް ފަހުން ގެނެސްދެވޭނެއެވެ.)
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1060 ފަހަރު