##siteName##


 ޙައްޖު 1430  

ދިވެހި ޙައްޖުވެރިން ޢަރަފާތް ބިމުގައި

26 ނޮވެމްބަރ 2009
ޚަބަރު : ނޫރުލްއިސްލާމް

25 ނޮވެމްބަރު 2009

ހެނދުނު 6:45

ޢަރަފާތް ބިން

 

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައިސްތިބި ދިވެހި ޙައްޖާޖީން ޢަރަފާތް ބިމަށް އަތުވެއްޖެއެވެ. ރޭ ދަންވަރުގެ ވަގުތެއްގައި މިނާގެ ޓެންޓުތަކުން ޢަރަފާތަށް ދިޔުމަށް ފުރި ހުރިހާ ގުރޫޕްތައް މިހާރުވަނީ ޢަރަފާތްބިމުގައެވެ.

މިވަގުތު މިނާއަށް ނާދެވިވަނީ އަލްޚައިރު ގުރޫޕަށެވެ. އެގުރޫޕްގެ ޙައްޖުވެރިން މިނާއިން ޢަރަފާތަށް ދިޔުމަށް ދަތުރު ފެށުމަށް ތައްޔާރުވަމުންދާކަމަށް ދާދި ދެންމެއަކު އެ ގުރޫޕުން މަޢުލޫމާތު ދެއްވިއެވެ.

މިއަދުގެ މެންދުރު ނަމާދަށްފަހު ހުރިހާ ދިވެހި ޙައްޖުވެރިންނާ މުޚާޠަބު ކުރައްވައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ޙައްޖުމިޝަން އިން މައުލޫމާތު ދެއްވައެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1114 ފަހަރު