##siteName##


 ޙައްޖު 1430  

ދިވެހި ޙައްޖުވެރިން މިނާއިން އެނބުރި މައްކާއަށް

30 ނޮވެމްބަރ 2009
ޚަބަރު : ނޫރުލްއިސްލާމް

30 ނޮވެމްބަރު 2009

މައްކާ / ރޭގަނޑު 9:30

 

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ދިވެހި ހުރިހާ ޙައްޖުވެރިން މިއަދުގެ ވަގުތެއްގައި މިނާއިން މައްކާއަށް އަތުވެއްޖެއެވެ. މިއަދުގެ މެންދުރު ވަގުތު ޖަމްރާތަކަށް ހިލަ އުކުމަށްފަހު މައްކާއަށް ދަތުރުކުރި ހުރިހާ ޙައްޖުވެރިންވެސް މިއަދުގެ އިރުއޮއްސުމުގެ ކުރިން މައްކާއަށް ފޯރާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ދިވެހި ޙައްޖުވެރިން ތިންހަތަރު ދުވަހެއްގެ ތެރޭގައި އެނބުރި އެމީހުންގެ ޤައުމަށް ދިޔުމަށް ފުރަންފަށާނެކަމަށް ބައެއް ގުރޫޕްތަކުން މައުލޫމާތު ދެއްވައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައި ޙައްޖުވެރިންގެ ޚަބަރުތައް ކަވަރު ކުރުމަށް ނޫރުލްއިސްލާމް ޓީމުންވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ޓީވީއެމްއަށް ޚަބަރާއި ފޮޓޯއާއި ވީޑިއޯ ފޮނުވުމުގެ މަސައްކަތްވަނީ ކާމިޔާބުކަމާއެކު ކުރެވިފައެވެ. އަދި ފްލިކާރ ގައި  ޙައްޖު 1430 ނަމުގައި ބައެއް ފޮޓޯތައް ޝާއިޢު ކުރެވިފައިވާނެއެވެ.

ބޮޑު އެއްވެސް ޙާދިޘާއަކާ ކުރިމަތި ނުވެ، ޙައްޖުވެރިންނަށް މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ތައުފީޤް ދެއްވި ﷲ އަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަދި  މި ޙައްޖު އަދާކުރުމަށްފަހު ޙަޔާތުގެ ބާކީއޮތް ދުވަސްތައް ހެޔޮ ގޮތުގައި ހޭދަ ކުރުމުގެ ތައުފީޤް ދެއްވުން އެދި އެއިލާހަށް ދުޢާ ދަންނަވަމެވެ.

 

 

 

މިނާ

ހެނދުނު 11:45

 

1430 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގައި މިވަގުތު މިނާގައި ތިބި ދިވެހި ޙައްޖާޖީން މިއަދު މެންދުރުފަހު މިނާއިން އެނބުރި މައްކާއަށް ދިޔުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.

އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން، މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ވަގުތު ޖަމްރާއަށް ހިލަ އުކުމަށްފަހު އެނބުރި ފޭލިގެއަށް އައިސް، ބަހުގައެވެ. އެހެން ގުރޫޕްތަކުގެ ހައްޖުވެރިން ޖަމްރާއަށް ހިލައުކުމަށް ދާނީ މިއަދުގެ މެންދުރު ނަމާދަށްފަހުގައެވެ.

 




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1104 ފަހަރު