##siteName##


 ޙައްޖު 1431  

އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ ބައެއްތަންތަނަށް ޒިޔާރަތް ކޮށްފި

26 އޮކްޓޯބަރ 2010
 : 

26 އޮކްޓޯބަރ 2010 (އަންގާރަ):

އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިންގެ ތެރެއިން މިވަގުތު މަދީނާގައި ތިބި 78 ޙައްޖުވެރިން މިއަދު މެންދުރު ފަހު 2:30 ގައި މަދީނާގެ ބައެއް ތަންތަނަށް ޒިޔާރަތް ކޮށްފިއެވެ.

މަދީނާގައި ޙައްޖުވެރިން ޒިޔާރަތްކުރި ތަންތަނުގެ ތެރޭގައި، އުޙުދު ހަނގުރާމަ ހިނގި މައިދާނާއި ޤުބާ މިސްކިތް ހިމެނެއެވެ.

މިދަތުރުގައި ޙައްޖުވެރިން ދަތުރު ކުރީ 2 ބަހުގައެވެ. މިއިން ކޮންމެ ބަހެއްގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ތަޢުލީމު ޙާޞިލުކުރާ ދިވެހި ކުދިން، ދީނީ އިރުޝާދާއި މަޢުލޫމާތު ދެއްވުމުގައި ޙަރަކާތްތެރިވެލެއްވިއެވެ.

މާދަމާގެ ވަގުތެއްގައި ޞަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް އަންނާނެއެވެ. އަދި އަންނަ ހަފްތާގެ އާދީއްތަ ދުވަހު ސިސިލްފަރު ގުރޫޕްގެ 250 ޙައްޖުވެރިން މަދީނާއަށް އަންނާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1588 ފަހަރު