##siteName##


 ޙައްޖު 1431  

1431 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ ނޮވެމްބަރު މަހުގެ 15 ވާ ހޯމަ ދުވަސް

7 ނޮވެމްބަރ 2010
 : 

މިއަދު 7 ނޮވެމްބަރ 2010 ވީ އާދީއްތަ ދުވަހަކީ 1431 ވަނަ އަހަރުގެ ޙައްޖުމަހުގެ ފުރަތަމަ ދުވަސް ކަމުގައި ސުޢޫދީ ޢަރަބިއްޔާގެ ސުޕްރީމް ކޯޓުން އިޢުލާނު ކުރައްވައިފިއެވެ.

ސުޢޫދީ ސުޕްރީމް ކޯޓުން ރޭ (6 ނޮވެމްބަރ 2010 ވީ ހޮނިހިރު ދުވަހުގެރޭ) ނެރުއްވާފައިވާ ( 18/ هـ، وتاريخ 29/11ـ1/12/1431هـ) ނަންބަރު ޤަރާރުގައި ވާ ގޮތުން މިއަހަރުގެ ޙައްޖުމަހުގެ ފުރަތަމަ ދުވަހަކީ ނޮވެމްބަރ މަހުގެ 7 ވާ އާދީއްތަ ދުވަހެވެ. އަދި  1431 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ މީލާދީ ގޮތުން 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވާ ހޯމަދުވަހެވެ.

މި ޤަރާރުގައި ވާ ގޮތުން މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިހިނގާ ނޮވެމްބަރ މަހުގެ 16 ވާ އަންގާރަ ދުވަހެވެ.

ޢަދުލުވެރި ހެކިންތަކެއްގެ ހެކިބަހާއެކު، މިއަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު، 29 ޛުލްޤަޢިދާ 1431 ވީ ހޮނިހިރު ދުވަހުގެ ރޭ ސުޕްރީމް ކޯޓަށް ވަނީ ސާބިތުވެފައެވެ.

މިހެންކަމުން، މާދަމާ 7 ނޮވެމްބަރ 2010 ވާ އާދީއްތަ ދުވަހަކީ އުއްމުލްޤުރާގެ ކަލަންޑަރާއި އެއްގޮތްވާ ގޮތުގެ މަތިން، 1431 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހެވެ. އަދި 1431 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ 15 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހެވެ. އަދި އަޟްޙާ ޢީދު ދުވަހަކީ 16 ނޮވެމްބަރ 2010 ވާ އަންގާރަ ދުވަހެވެ.  ޤަރާރުގައި ވެއެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2348 ފަހަރު