##siteName##


 ޙައްޖު 1431  

އަމީރުލްޙައްޖު މައްކާއަށް ވަޑައިގެންފި

7 ނޮވެމްބަރ 2010
 : 

7 ނޮވެމްބަރ 2010 (އާދީއްތަ) :

1431 ވަނަ އަހަރު ދިވެހި ޙައްޖުވެރިންގެ އެންމެ އިސްވެރިއެއްގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން މިއަހަރު ވަޑައިގެންނެވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ މިއަދު ހަވީރު މައްކާއަށް ވަޑައިގަންނަވައިފިއެވެ.

ޑރ ޢަބްދުލްމަޖީދަށް ޖިއްދާގެ އެއާޕޯޓުން މަރުޙަބާ ދެންނެވީ ދިވެހި ޙައްޖުމިޝަންގެ އިސްބޭފުޅުންނެވެ.

މިނިސްޓަރ ޑރ ޢަބްދުލްމަޖީދު އަންނަ އަންގާރަ ދުވަހުގެ ރޭ މަދީނާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2412 ފަހަރު