##siteName##


 ޙައްޖު 1431  

ދިވެހި ޙައްޖުވެރިން މިނާއަށް

14 ނޮވެމްބަރ 2010
 : 

1431 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިން މިއަދު މިނާއަށް އަތުވެއްޖެއެވެ.

މިގޮތުން ރޭގެ ދަންވަރުގެ ވަގުތެއްގައި ދިވެހި ޙައްޖުވެރިން ވަނީ މިނާއަށް ދަތުރު ކޮށްފައެވެ. ރޭގެ ވަގުތެއްގައި މިނާއަށް އައިސްފައިވަނީ މައްކާގައި ތިބި ޙައްޖުވެރިންގެ ތެރެއިން ސިސިލްފަރާއި އަތަމާއާއި ޒަޢީއާއި މަލިޝާއާއި ޞަފާއާއި މަނާސިކް ޖަމާޢަތުގެ ޙައްޖުވެރިންނެވެ.

އަލް ޚައިރުގެ ޙައްޖުވެރިން މިނާއަށް ދިޔުމަށް މިއަދު މައްކާގަޑިން ހެނދުނު 8:30 ގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ޙައްޖުވެރިން މިނާއިން ޢަރަފާތް ބިމަށް ދިޔުމަށް ފުރާނީ މިރޭގެ ވަގުތެއްގައެވެ.

 
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2606 ފަހަރު