ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު - ފިޔަވަޅަކުން ފިޔަވަޅަކުން  

ޠަވާފުލް ވަދާޢު

5 ނޮވެމްބަރ 2008

 : 


މިނާއިން ނިކުތުމަށްފަހު ދެން ޙައްޖުވެރިޔާ ކުރިމަތިލަނީ މައްކާއަށެވެ. ޙައްޖުގެ އެންމެ މުޙިއްމު އެއްރުކުން އަދާކުރުމަށެވެ. އެބަހީ ޠަވާފުލް އިފާޟާއެވެ.

ޙައްޖުވެރިން އެބައިމީހުން އަޅުކަމުގެ ރުކުންތަކާއި ވާޖިބުތައް އަދާކޮށް ނިމުމުން ދެންހަމައެކަނި އޮތްކަމަކީ ވަދާޢުގެ ޠަވާފެވެ. އެއީ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ އަންނަނިވި ބަސްފުޅަށް އިޖާބަދިނުމުގެ ގޮތުންނެވެ.

އެކަލޭގެފާނު ޙަދީޘްކުރައްވަނީ: "ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އެންމެފަހު ޢަހްދެއްގެގޮތުގައި އެކަން (އެބަހީ: ޠަވާފުލް ވަދާޢު) ކުރުމުގެ ކުރިން ﷲގެ ގެކޮޅާ ވަކިވެ ނުގަންނާށެވެ."

ޠަވާފުލްވަދާޢުއަކީ ޙައްޖުގެ އެންމެ ފަހު ވާޖިބެވެ. އޭނާ އެކަން އަދާކުރަންޖެހެނީ އަނބުރާ ވަޠަނަށް ދިޔުމުގެ ދަތުރާ ވީހާވެސް ކައިރިކޮށެވެ.

ހައިޟް ވެރިޔާ އަދި ނިފާޞް ވެރިޔާގެ ކިބައިން މިޠަވާފު މަޢާފު ވެގެންވެއެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1505 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429