ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1429  

އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ މުހިއްމު ތަންތަނަށް ޒިޔާރަތް ކޮށްފި

20 ނޮވެމްބަރ 2008

 : 


20 ނޮވެމްބަރު 2008 ބުރާސްފަތި (މަދީނާ) : އަލްމަނާސިކް ޙައްޖު ޢުމްރާ ގުރޫޕްގެ ފަރާތުން މިއަހަރު ޙައްޖަށް އައި 187 މީހުން މިއަދު ހެނދުނު މަދީނާގެ އެކި އެކި ތަންތަނަށް ޒިޔާރަތްކޮށްފިއެވެ.

މި ދަތުރުގައި އެންމެ ފުރަތަމަ ޙައްޖުވެރިން ގެންދިޔައީ އުޙުދު ހަނގުރާމަ ހިނގި މައިދާނަށެވެ. އެމައިދާނުގައި ޙައްޖުވެރިންނާ މުޚާޠަބު ކުރައްވައި ނަސޭހަތް ދެއްވީ މަނާސިކް ގުރޫޕްގެ އައްޝައިޚް ޢަލީ ޝަރީފްއެވެ. އޭނާގެ ވާހަކައިގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަންތެރިކަން އަދާކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ. އަދި އުޙުދަށް ދަތުރު ކުރުމަކީ އެއްވެސް ޙާލެއްގައި ޙައްޖާއި ޢުމްރާއާ ގުޅުމެއް ހުރި ކަމެއް ނޫންކަމަށްވެސް ބަޔާންކޮށްދެއްވިއެވެ.

ތިން މިސްކިތަށް ފިޔަވައި ސަވާބާއި ދަރުމަ ހޯދުމަށް ދަތުރު ނުކުރެވޭނަކަމަށާއި، އެއީ މަސްޖިދުލް ޙަރާމްއާއި މަސްޖިދުއްނަބަވީ އާއި މަސްޖިދުލް އަޤްޞާ ކަމަށް، ޞައްޙަ ޙަދީޘްގައި ވާރިދުވެފައިވާކަން ބަޔާންކޮށްދެއްވިއެވެ. އަދި މީގެ އިތުރުން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ބާރުއަޅުއްވައި ވަރަށް ތަފްޞީލްކޮށް ވާހަކަ ދެއްކެވިއެވެ.

އުޙުދު ހަނގުރާމައިގެ މައިދާނުން ދެން ހައްޖުވެރިން ދިޔައީ ޤުބާ މިސްކިތަށެވެ. އެއީ އިސްލާމްދީނާއިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުމަށްފަހު ބިނާކުރެވުނު އެންމެ ފުރަތަމަ މިސްކިތެވެ. މި މިސްކިތަށް ޒިޔާރަތް ކުރުމަށްފަހު އެނބުރި ހޮޓަލަށް އައި މަގުމަތީގައި ޙައްޖުވެރިންނަށް ކަދުރު ދަނޑެއް ދައްކާލުމަށްޓަކައި މަދީނާގެ ކަދުރު ދަނޑަކަށްވެސް ވަނީ ޒިޔާރަތްކޮށްފައެވެ.

މި ޒިޔާރަތުގައި ގުރޫޕްގެ ޙައްޖުވެރިންނަށް އެހީތެރިވެ ދެއްވުމުގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ތަޢުލީމު ޙާޞިލުކުރާ ދިވެހި ކުދިން ޙަރަކާތްތެރިވިއެވެ. މި ދަތުރުގައި ޙައްޖުވެރިން 4 ބަހުގައި ދަތުރު ކުރިއިރު، ދަތުރު ފެށުނީއްސުރެ ދަތުރު ނިމެންދެން ހުރިހާ ބަހެއްގައި ޙައްޖުވެރިންނަށް އިރުޝާދު ދިނުމާއި ތަންތަނާ ގުޅޭ މަޢުލޫމާތު ދެއްވުމުގައި އެކުދިން ވަނީ ޙަރަކާތްތެރިވެފައެވެ.

ދަތުރު ނިންމާފައި ޙައްޖުވެރިންނަށް އެނބުރި ހޮޓަލަށް އާދެވުނީ ހެނދުނު 11:45 ވީއިރުއެވެ.

 




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 842 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429