ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1429  

ޒަޢީ ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ މުހިއްމު ތަންތަނަށް ޒިޔާރަތްކޮށްފި

21 ނޮވެމްބަރ 2008

 : 


21 ނޮވެމްބަރު 2008 ހުކުރު (މަދީނާ) : ޒަޢީ ގުރޫޕްގެ ޙަވާލުގައި މިއަހަރު ޙައްޖަށް އައި ޙައްޖުވެރިން މަދީނާގެ މުހިއްމު ތަންތަނަށް މިއަދު މެންދުރުފަހު ޒިޔާރަތްކޮށްފިއެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ޒަޢީ ގުރޫޕްގެ 208 ޙައްޖުވެރިން މިއަދު މެންދުރުފަހު 2:30ގައި މި ދަތުރުކޮށްފައިވަނީ 4 ބަހުގައެވެ.

ޙައްޖުވެރިންނާއެކު މަދީނާގެ ކިޔަވާކުދިންގެ ތެރެއިން 6 ކުދިން، ޙައްޖުވެރިންނަށް އިރުޝާދު ދިނުމާއި، ތަންތަނާ ބެހޭ މަޢުލޫމާތު ދިނުމުގައި ޙަރަކާތްތެރިވެފައިވެއެވެ.

މި ދަތުރުގައި ޙައްޖުވެރިން އެންމެ ފުރަތަމަ ދިޔައީ ޤުބާ މިސްކިތަށެވެ. ޤުބާ މިސްކިތުގައި ޖަމާޢަތުގައި ޢަޞްރުނަމާދު ކުރުމަށްފަހު ދެން ޙައްޖުވެރިން ދިޔައީ އުޙުދުގެ މައިދާނަށެވެ. އެތަނުގައި ކޮންމެ ބަހެއްގެ ޙައްޖުވެރިންނަށް އެބަހެއްގައި އިރުޝާދު ދިނުމަށް ތިބި މަދީނާގައި ކިޔަވާ ދިވެހި ކުދިން، ވަރަށް ތަފްޞީލްކޮށް ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ނަސޭހަތާއި އިރުޝާދު ދީފައިވެއެވެ.

އެކުދިންގެ ވާހަކައިގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅުތަކާއި ޚިލާފްވުމުގެ ހުރި ނުރައްކަލުގެ ބޮޑުކަން ބަޔާންކޮށްދީފައިވެއެވެ. އަދި އުޙުދުގެ މައިދާނުގައި މުސްލިމުންގެ ލަޝްކަރަށް ދިމާވި ބޮޑު މުޞީބާތުގެ އަޞްލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެއްމެ އަމުރުފުޅަކާ ޚިލާފްވެވުން ކަންވެސް ބަޔާންކޮށްދީފައިވެއެވެ.

ދަތުރު ނިންމުމަށްފަހު ޙައްޖުވެރިން އެނބުރި ހޮޓަލަށް އައިސްފައިވަނީ ހަވީރު 5:15 ގައެވެ.

މީގެ އިތުރުން މިރޭގެ ވަގުތެއްގައި ޒަޢީ ގުރޫޕްގެ ޙައްޖުވެރިން ރައުޟާއަށް ޒިޔާރަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިކަމުގައި ޙަރަކާތްތެރިވާ ކުއްޖަކު ނޫރުލްއިސްލާމްއަށް މަޢުލޫމާތުދެމުން ބުނެފައިވަނީ، މިރޭ ޢިޝާ ނަމާދަށްފަހު 9:30 ގައި ޙައްޖުވެރިންގެ ބަޔަކާއެކީ މަސްޖިދުއްނަބަވީގެ ރައުޟާއަށް ދިޔުމަށް ހަމަޖެހިފައިވާކަމަށެވެ.

މިވަގުތު މަދީނާގައި ތިބި އަލްމަނާސިކް އާއި ޒަޢީ ގުރޫޕްގެ ހުރިހާ ޙައްޖުވެރިންގެ ޙާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސިސިލްފަރު ގުރޫޕްގެ 230 ޙައްޖުވެރިންނާއި، އަތަމާ ގުރޫޕްގެ 233 ޙައްޖުވެރިންނާއި ޞަފާ ގުރޫޕްގެ 203 ޙައްޖުވެރިން މި ނޮވެމްބަރ މަހުގެ 23 ވާ އާދީއްތަ ދުވަހު މަދީނާއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 816 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429