ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1429  

ސިސިލްފަރު ގުރޫޕާއި ޞަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް އަތުވެއްޖެ

23 ނޮވެމްބަރ 2008

 : 


23 ނޮވެމްބަރ 2008 އާދީއްތަ (ރޭގަނޑު 11:00) މަދީނާ : މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސިސިލްފަރު ގުރޫޕާއި ޞަފާ ގުރޫޕްގެ ޙަވާލުގައި މައްކާއަށް އައި ޙައްޖުވެރިން މަދީނާއަށް އަތުވެއްޖެއެވެ. މިދެ ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް އައުމަށް މައްކާއިން ފުރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ދެގުރޫޕްގެ ޙައްޖުވެރިންނަށް މަދީނާގައި ތިބުމަށް ހަމަޖެހިފައިވާ ހޮޓަލަށް އާދެވުނީ މިރޭ ޢިޝާ ނަމާދަށްފަހު 8 ޖެހި އިރުއެވެ.

މި ދެ ގުރޫޕްގެ ޙައްޖުވެރިންގެ ތެރެއިން ގިނަ ޙައްޖުވެރިން ވަނީ މިރޭ ރައުޟާއަށް ޒިޔާރަތްކޮށްފައެވެ.

އަތަމާ ގުރޫޕްގެ ޙައްޖުވެރިން ވެސް ވަނީ މިއަދު މެންދުރުފަހު މަދީނާއަށް ދަތުރު ފަށާފައެވެ. އަދި މިރޭގެ ވަގުތެއްގައި މަދީނާއަށް އާދެވޭނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ތިން ގުރޫޕްގެ ޙައްޖުވެރިން ތިބުމަށް ހަމަޖައްސާފައިވަނީ އެއް ހޮޓަލެއްގައެވެ. އަދި މާދަމާ މެންދުރުފަހު ޙައްޖުވެރިން މަދީނާގެ ތަންތަން ބަލާލުމަށް ކުރާ ދަތުރު ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 922 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429