ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1429  

ސިސިލްފަރު، އަތަމާ އަދި ޞަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ މުހިއްމު ތަންތަނަށް ޒިޔާރަތްކޮށްފި

25 ނޮވެމްބަރ 2008

 : 


25 ނޮވެމްބަރ 2008 އަންގާރަ [މަދީނާ] : މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސިސިލްފަރު ގުރޫޕާއި އަތަމާ ގުރޫޕާއި ޞަފާ ގުރޫޕްގެ ޙަވާލުގައި މައްކާއަށް އަށް އައި ޙައްޖުވެރިން މިހާރު މަދީނާއަށް ކުރަމުން ދާ ދަތުރުގައި އިއްޔެ މެންދުރު ފަހު މަދީނާގެ މުހިއްމު ތަންތަނަށް ޒިޔާރަތްކޮށްފިއެވެ.

އިއްޔެ މެންދުރުފަހު 2:00 ގައި ފެށި މިދަތުރުގައި މި ތިން ގުރޫޕްގެ 650 އެއްހާ ޙައްޖުވެރިން ބައިވެރިވެފައިވެއެވެ. ޙައްޖުވެރިން މި ދަތުރު ކުރި  13 ބަހުގެ ތެރެއިން ކޮންމެ ބަހެއްގައި މަދީނާގައި ކިޔަވާ ވިދާޅުވާ ދިވެހި ކިޔަވާކުދިންގެ ތެރެއިން 2 ކުދިން، ޙައްޖުވެރިންނަށް އިރުޝާދު ދިނުމުގައި ޙަރަކާތްތެރިވެފައިވެއެވެ.

މި ދަތުރުގައި އެންމެ ފުރަތަމަ ޙައްޖުވެރިން ދިޔައީ ޤުބާ މިސްކިތަށެވެ. އަދި ޢަޞްރު ނަމާދު ޤުބާގައި ޖަމާޢަތުގައި ކުރުމަށްފަހު ޙައްޖުވެރިން ދިޔައީ އުޙުދު ހަނގުރާމަ ހިނގި މައިދާނަށެވެ. މިއިން ކޮންމެ ތަނެއްގައިވެސް ވަރަށް ތަފްޞީލްކޮށް އެތަނަކާ ބެހޭ މަޢުލޫމާތާއި އިރުޝާދު ޙައްޖުވެރިންނަށް ދެވިފެއެވެ.

ދަތުރު ނިންމުމަށްފަހު ޙައްޖުވެރިން ތިބޭ ހޮޓަލަށް އާދެވިފައިވަނީ ހަވީރު 5:30 ގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން ގުރޫޕްގެ ޙައްޖުވެރިންވެސް މިއަދު މެންދުރުފަހު މައްކާއަށް އެނބުރި ދިޔުމަށް ދަތުރު ފަށާނެއެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 916 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429