ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1429  

ސިސިލްފަރު، އަތަމާ އަދި ޞަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ ދަތުރު ނިންމާލުމަށްފަހު މައްކާއަށް އެނބުރި ހިނގައްޖެ

26 ނޮވެމްބަރ 2008

 : 


26 ނޮވެމްބަރ 2008 ބުދަ [މަދީނާ] : މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސިސިލްފަރު ގުރޫޕާއި އަތަމާ ގުރޫޕާއި ޞަފާ ގުރޫޕްގެ ޙަވާލުގައި މައްކާއަށް އަށް އައި ޙައްޖުވެރިން މަދީނާއަށް ކުރި ދަތުރު ނިންމާލުމަށްފަހު އިއްޔެ ހަވީރުގެ ވަގުތެއްގައި މައްކާއަށް ފުރައިފިއެވެ.

ޙައްޖުވެރިންގެ މި ދަތުރުގައި މަދީނާއަށް އައިސްފައިވަނީ 23 ނޮވެމްބަރ 2008 ވީ އާދީއްތަ ދުވަހުއެވެ.

މި ދަތުރުގައި ޙައްޖުވެރިން ވަނީ މަދީނާގެ މަސްޖިދުއްނަބަވީގެ އިތުރުން ޤުބާ މިސްކިތަށާއި އުޙުދުގެ މައިދާނަށް ޒިޔާރަތްކޮށްފައެވެ. މިގޮތުން މިމަހުގެ 24 ވީ ހޯމަ ދުވަހު މެންދުރުފަހު 2:00 ގައި ކުރި މިދަތުރުގައި ތިން ގުރޫޕްގެ 650 އެއްހާ ޙައްޖުވެރިން ބައިވެރިވެފައިވެއެވެ. ޙައްޖުވެރިން ދަތުރު ކުރި  13 ބަހުގެ ތެރެއިން ކޮންމެ ބަހެއްގައި މަދީނާގައި ކިޔަވާ ވިދާޅުވާ ދިވެހި ކިޔަވާކުދިންގެ ތެރެއިން 2 ކުދިން، ޙައްޖުވެރިންނަށް އިރުޝާދު ދިނުމުގައި ޙަރަކާތްތެރިވެފައިވެއެވެ.

ޙައްޖުވެރިންނަށް ޚިދުމަތްކުރުމަށް މަދީނާގެ ދިވެހި ކިޔަވާކުދިން ވަރަށް ހީވާގިކަމާއެކު ފޫހިކަމެއްނެތި ޙަރަކާތްތެރިވެފައިވެއެވެ.

ޙައްޖުވެރިންނަށް އެހީތެރިވުމަށްޓަކައި މައްކާއަށް ދިޔުމުގައި ދިވެހިރާއްޖޭގެ އިސްލާމިކް އެފެއަރޒް މިނިސްޓަރީ އާއި ގުޅިގެން ދިވެހި ޙައްޖުމިޝަން މެދުވެރިކޮށް، މިކުދިން ދަނީ މަސައްކަތް ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޙައްޖު ގުރޫޕްތަކުން ވަނީ ޙައްޖުގައި އެ ގުރޫޕްތަކަށް އެހީތެރިވުމަށްޓަކައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ކުދިންގެ އެހީތެރިކަން ބޭނުންވާކަން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަށް ހުށަހަޅާފައެވެ. އަދި މިނިސްޓަރީން ގެންދަވަނީ ދިވެހި ޙައްޖު މިޝަން މެދުވެރިކޮށް މިކަމަށް މަގުފަހި ކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 945 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429