ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1429  

ދިވެހި އަމީރުލްޙައްޖު ޙައްޖުވެރިންނާ ބައްދަލުކުރައްވައި ޙާލުއަޙުވާލު ބައްލަވާލައްވައިފި

2 ޑިސެމްބަރު 2008

 : 


ޑިސެމްބަރ 2، 2008 (އަންގާރަ) : މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްފައިވާ ދިވެހި ޙައްޖުވެރިންގެ އަމީރެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް، ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައި ޙާލުއަޙުވާލު ބައްލަވާލައްވައިފިއެވެ.

ޙައްޖުވެރިން ތިބޭ ހޮޓާތަކަށް ވަޑައިގެން، މިނިސްޓަރ ޝަހީމް ވަނީ ޙައްޖުވެރިންނާ ބައްދަލު ކުރެއްވާފައިއެވެ. އަދި އެބޭފުޅުންނަށް މި ދަތުރުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން މިނިސްޓަރ އޮޅުން ފިލުއްވިއެވެ. ޙައްޖުވެރިންގެ ކެއުމާއި އެހެނިހެން މުހިއްމު ޚިދުމަތްތައް ހުރިނެތްގޮތް އަމިއްލަފުޅަށް ބެއްލެވިކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން މިރޭ ގުރޫޕްތަކުގެ ވެރިން ވަނީ މިނާއާއި ޢަރަފާތުގެ ޓެންޓުތައް ހަމަޖެއްސެވުމާބެހޭ ޚާއްޞަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. ޙައްޖުވެރިން މިނާއަށް ދާނީ ޙައްޖުމަހުގެ 8 ވާ ހޮނިހިރު ދުވަހުއެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 821 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429