ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1429  

ޙައްޖުވެރިން ޢަރަފާތުން އެނބުރި މިނާއަށް

8 ޑިސެމްބަރު 2008

 : 


08 ޑިސެމްބރު 2008 (ހޯމަ): ދިވެހި ހުރިހާ ޙައްޖުވެރިންހެން މިހާރު ތިބީ މިނާގައި ކަމަށް މިނާގައި ހުންނެވި ނޫރުލް އިސްލާމްގެ އެޑިޓަރު މައުލޫމާތު ދެއްވައެވެ. އިއްޔެ ޢަރާފާތް ބިމުގައި ތިބުމަށްފަހު ޙައްޖާޖީން ރޭގައި ވަނީ މުޒްދަލިފާއަށް ގޮސްފައެވެ. މިއަދު އިރު އެރުމުން މިނާއަށް އައިސް ގިނަބަޔަކު މިހާތަނަށްވަނީ ބޮޑު ޖަމްރާއަށް ހިލަ އުކާފައެވެ. އަދި ހިލަ އުކުމަށްފަހު ފޭލިގެތަކަށް އައިސް ބޯބާލަމުންދާކަމަށް މައުލޫމާތުލިބެއެވެ. މިއާއެކު ޙައްޖުވެރިންވަނީ ފުރަތަމަ ތަޙައްލުލުވެފައެވެ.

މިވަގުތު ދިވެހި ހުރިހާ ޙައްޖުވެރިންގެ ހާލު ރަނގަޅުކަމާއި މާތްﷲގެ ރަޙްމަތްފުޅުން ޖަމްރާއަށް ހިލައުކުމުގައި މިހާތަނަށް އެއްވެސް ޙައްޖުވެރިއަކަށް ގެއްލުމެއްލިބިފައިނުވާކަމަށް މަޢުލޫމާތު ދެއްވައެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 937 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429