ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1429  

ދިވެހި ޙައްޖުވެރިން ހިލައުކައިފި.

9 ޑިސެމްބަރު 2008

 : 


09 ޑިސެމްބރު 2008 (އަންގާރަ): ޙައްޖުމަހުގެ 11، 12 އަދި 13 މިތިންދުވަހު ހުރިހާ ޙައްޖާޖީންވެސް ތިން ޖަމްރާއަށް ހިލަ އުކާނެއެވެ. މިގޮތުން މިއަދު ދިވެހި ޙައްޖާޖީން ތިން ޖަމްރާއަށް ހިލައުކައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ދިވެހިންގެ ގިނަ ޖަމާޢަތްތައް ހިލައުކުމަށް ގޮސްފައިވަނީ މިރެއެވެ.

ޖަމްރާގެ ކައިރީގައި މީހުން ތޮއްޖެހުން މަދުކުރުމަށްޓަކައި ސަޢުދީ ސަރުކާރުން އެކި ޖަމާޢަތްތަކަށް ހިލައުކުމަށް ހަމަޖައްސާފައިވަނީ އެކި ގަޑިތަކުގައެވެ. ޢާއްމުކޮށް ޖަމްރާގެ ކައިރިއަކީ މީހުން ބައިބޯ އަދި ނުރައްކާތެރި ޙާދިޘާތައް ހިނގާ ތަނެކެވެ. ނަމަވެސް މިއަދު ދިވެހިން ހިލައުކަން ދިޔަވަގުތު މީހުން ވަރަށްމަދުކަމަށާއި ހިލައުކުމަށް ވަރަށް ފަސޭހަކަމަށް މިނާގައި ހުއްނެވި ރިޕޯޓަރު މައުލޫމާތުދެއްވައެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1199 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429