ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

ނޫރުލްއިސްލާމް ޙައްޖު 1430 ޞަފްޙާތަކަށް މަރުޙަބާ!

31 އޮކްޓޯބަރ 2009

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)


 

بســـم الله، والحــمد لله، والصلاة والسـلام على رسـولله، وعلى  آله و صحبـه أجمعيـن: و بعـد:-

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި ފަޟްލު ވަންތަކަމުން، ނޫރުލް އިސްލާމްގެ ޙައްޖު 1430 ވެބްސައިޓް ދުނިޔެއަށް މި ނޭވާލަނީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރު ކުރުމަށް މުސްލިމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިސްރާބު ޖަހާފައިވާ ވަގުތެއްގައެވެ.

ސައިޓުގެ އެޑްރެހަކީ:

http://hajj.noorul-islam.net

މިއެވެ.

މި ވެބްސައިޓްގައި ޙައްޖުވެރިންނަށް ބޭނުންތެރި ތަފާތު މަޢުލޫމާތާއި ނަސޭހަތާއި އިރުޝާދުތައް އެކުލެވިގެންވާނެއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ، ކުރީ ދެއަހަރެކޭ އެއްފަދައިން، ދިވެހި ޙައްޖުވެރިންގެ ޚަބަރުތައް ޤަވާޢިދުން، އެއްމެ ތާޒާކަމާއެކު މި ސައިޓުން ގެނެސްދެމުން ދާނަމެވެ.

މި ވެބްސައިޓަށް ޒިޔާރަތް ކުރައްވާ ފަރާތެއްގެ ގާތް ބޭފުޅަކު ޙައްޖަށް ވަޑައިގަންނަވާނަމަ، އެބޭފުޅަކަށް މިސައިޓުގައި މިވާ އިރުޝާދުތައް ޕްރިންޓްކޮށް ފޯރުކޯށް ދެއްވުމަކީ ނުހަނު އެދެވިގެންވާ ކަމެކެވެ. މިއީ ޢުމުރުން އެއްފަހަރު އަދާކުރުމަށް ފަރުޟުވެފައިވާ މި އަޅުކަން އަދާކުރުމަށް އެބޭފުޅަކަށް ވެދެއްވޭ އަގުހުރި އެހީއަކަށްވާނެއެވެ.

މީހަކަށް ހެޔޮކަމަކަށް މަގުދައްކައިފި މީހަކަށް، އެ ހެޔޮކަން ކުރިމީހާއަށް ލިބޭ މިންވަރަށް ދަރުމަ ލިބޭނެއެވެ. އެއީ އެ ހެޔޮކަން ކުރި މީހާގެ ދަރުމައިން އެއްވެސް އެއްޗެއް އުނި ނުވާ ޙާލުގައެވެ. މިއީ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގަދައަޅުއްވައި އިރުޝާދު ދެއްވާފައިވާ ކަމެކެވެ.  

މިސައިޓުގައިވާ އެއްވެސް މާއްދާއަކުން ކުށެއް ފާހަގަ ކުރެއްވިއްޖެ ނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އީމެއިލްކޮށް އެކަން އެންގެވުން އެދެމެވެ. webmaster@noorul-islam.net

11 ޛުލްޤަޢިދާ 1429

30 އޮކްޓޯބަރ 2008

 

 
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 751 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429