ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

ދިވެހި ޙައްޖުވެރިން ސުޢޫދީ ޢަރަބިއްޔާގައި

1 ނޮވެމްބަރ 2009

 : 


 

1430 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދިވެހި ޙައްޖުވެރިންގެ ތެރެއިން ބައެއް ހައްޖުވެރިން ސުޢޫދީ ޢަރަބިއްޔާއަށް އަތުވެއްޖެއެވެ. އިއްޔެ ދެ ޙައްޖު ގްރޫޕެއްގެ 260 އަށްވުރެ ގިނަ ޙައްޖުވެރިން އައިސްފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ސުޢޫދީ ޢަރަބިއްޔާއަށް މިހާރު އައިސްފައިވަނީ ޞަފާ ޙައްޖު ޢުމްރާ ގުރޫޕުގެ ޙަވާލުގައި ޙައްޖަށްއައި 180 އެއްހާ ޙައްޖުވެރިންނާއި އަލްޚައިރު ޙައްޖު ޢުމްރާ ގުރޫޕްގެ ޙަވާލުގައި އައި 85 ޙައްޖުވެރިންނެވެ. އިތުރު ޙައްޖުވެރިން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ސުޢޫދީޢަރަބިއްޔާއަށް އަންނާނެކަމަށް ޙައްޖު ގުރޫޕުތަކުން ޚަބަރު ދެއްވައެވެ. ދިވެހި ޙައްޖުވެރިންގެ އެންމެ ފަހު ގުރޫޕް މައްކާއަށް އަންނާނީ މިމަހުގެ 5 ވަނަ ދުވަހުގައެވެ.

ޢާއްމުކޮށް ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށާއި، ހުރިހާ ޙައްޖުވެރިން މައްކާއަށް އައިސް ނިމުމުން މަދީނާގެ ދަތުރު އޮންނާނެ ކަމަށް ގުރޫޕްތަކުން މަޢުލޫމާތު ދެއްވައެވެ.

މިއަހަރު ދިވެހި ޙައްޖުވެރިންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ފަޟީލަތުއްޝައިޚް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 781 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429