ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

އަލްޚައިރު ގުރޫޕްގެ ޙައްޖުވެރިން މާދަމާ މަދީނާއަށް

2 ނޮވެމްބަރ 2009

 : 


 

1430 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްފައިވާ ދިވެހި ޙައްޖުވެރިންގެ ތެރެއިން އަލްޚައިރު ޙައްޖު ގުރޫޕްގެ ޙަވާލުގައި ޙައްޖަށް އައި 90 ޙައްޖުވެރިން ނޮވެމްބަރ 3 ވާ އަންގާރަ ދުވަހު މަދީނާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެގުރޫޕުން ބުނެފިއެވެ.

ގުރޫޕްގެ އިސްބޭފުޅަކު ފޯނުން ނޫރުލްއިސްލާމް ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މާދަމާ ހެނދުނުގެ ވަގުތެއްގައި އެބޭފުޅުން މައްކާއިން މަދީނާއަށް ދިޔުމަށް ފުރާނެކަމަށެވެ. އަދި މާދަމާ ހަވީރުގެ ވަގުތެއްގައި މަދީނާއަށް ދެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މައްކާގައި ތިބި ހުރިހާ ދިވެހި ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު ކަމަށާއި ހުރިހާ ބޭފުޅުންވެސް ތިއްބެވީ ވަރަށް ހިތްހަމަ ޖެހިފައިކަމަށް މަޢުލޫމާތު ލިބެއެވެ. ޙައްޖުވެރިންނަށް ފަސޭހަކަމާއެކު ޙައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ސުޢޫދީ ސަރުކާރުން ގިނަގުނަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސަވާފައެވެ. އަދި ގުރޫޕްތަކުންވެސް ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.

 
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 754 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429