ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

ޞަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް ދިޔުމަށް ދަތުރު ކުރަމުން ދަނީ

4 ނޮވެމްބަރ 2009

 : 


 

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މިހާރު ސުޢޫދީ ޢަރަބިއްޔާގައި ތިބި ދިވެހި ޙައްޖުވެރިންގެ ތެރެއިން ޞަފާ ގުރޫޕްގެ ޙައްޖުވެރިން މިއަދު ހެނދުނު މައްކާއިން ފުރައިގެން މަދީނާއަށް ދަތުރު ކުރަމުން އެބަ ގެންދެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޞަފާ ގުރޫޕްގެ ޙައްޖުވެރިން މެންދުރުގެ ކެއުމަށް މަޑުކުރުމަށްފަހު މިހާރު އަނެއްކާވެސް މަދީނާއަށް ދިޔުމަށް ދަތުރު ކުރަމުން އެބަދެއެވެ. އަދި މިހާރު ޙައްޖުވެރިން ތިބީ މަދީނާއާއި ވަރަށް ގާތުގައި ކަމަށާއި ހަވީރު ވުމުގެ ކުރިން މަދީނާއަށް ފޯރާނެ ކަމަށް ލަފާ ކުރެވޭކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިހާރު މަދީނާގައި ދިވެހި ޙައްޖުވެރިންގެ ތެރެއިން އަލްޚައިރު ގުރޫޕްގެ ޙައްޖުވެރިން ޒިޔާރަތް ކުރަމުން އެބަދެއެވެ. އިއްޔެ ހަވީރުގެ ވަގުތެއްގައި އައި މިގުރޫޕްގެ ޙައްޖުވެރިން ރޭގެ ވަގުތެއްގައި މަސްޖިދުއްނަބަވީއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި ، އަދި މިއަދުގެ ވަގުތެއްގައި މަދީނާގެ ތަންތަން ބަލާލުމަށް ހަމަޖެހިފައިވެއެވެ.

ދިވެހި ޙައްޖުވެރިންނަށް އެހީތެރިވެ ދިނުމަށް ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުން ދަނީ ޙަރަކާތްތެރި ވަމުންނެވެ.

 
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 729 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429