ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

ދިވެހި ޙައްޖުވެރިންގެ 2 ގުރޫޕެއް މަދީނާގައި

5 ނޮވެމްބަރ 2009

 : 


 

1430 ވަނައަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސުޢޫދީ ޢަރަބިއްޔާގައި ތިބި ދިވެހި ޙައްޖުވެރިންގެ 2 ގުރޫޕެއް މަދީނާއަށް ޒިޔާރަތް ކުރަމުން އެބަދެއެވެ. މިދަތުރުގައި މިވަގުތު މަދީނާގައި ޙަރަކާތްތެރި ވަމުން ދަނީ އަލްޚައިރު ގުރޫޕާއި ޞަފާ ގުރޫޕެވެ.

މި ގޮތުން އަލްޚައިރުގެ ޙައްޖުވެރިންވަނީ އިއްޔެ (4 ނޮވެމްބަރ 2009 ވީ ބުދަދުވަހު) މެންދުރުފަހުގެ ވަގުތެއްގައި މަދީނާގައި ބަލާލުމަށް ހަމަޖެހިފައިވާ ތަންތަނަށް ޒިޔާރަތް ކޮށްފައެވެ. އަދި މިއަދު (5 ނޮވެމްބަރ 2009 ވާ ބުރާސްފަތި ދުވަހު) މެންދުރުފަހުގެ ވަގުތެއްގައި މައްކާއަށް ދިޔުމަށް އެ ގުރޫޕްގެ ޙައްޖުވެރިން ފުރާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އަދި އިއްޔެ (4 ނޮވެމްބަރ 2009 ވީ ބުދަދުވަހު) ހަވީރު 5:30 ގައި އައްޞަފާ ގުރޫޕްގެ ޙައްޖުވެރިން ވަނީ މަދީނާއަށް އައިސްފައެވެ. ރޭގެ ވަގުތެއްގައި ގުރޫޕްގެ ހުރިހާ ޙައްޖުވެރިން މަސްޖިދުއްނަބަވީއަށް ވަނީ ޒިޔާރަތް ކޮށްފައެވެ. ޞަފާ ގުރޫޕްގެ އިސްވެރިޔާ ނޫރުލްއިސްލާމްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު (5 ނޮވެމްބަރ 2009 ވާ ބުރާސްފަތި ދުވަހު)ގެ މެންދުރު ފަހުގެ ވަގުތެއްގައި މަދީނާގެ ތަންތަން ބެލުމަށް ކުރާ ޒިޔާރަތް އޮންނާނެ ކަމަށެވެ.

ދެ ގުރޫޕްގެ ޙައްޖުވެރިންނަށްވެސް އެހީތެރިވުމަށާއި އިރުޝާދު ދިނުމަށް، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުން ދަނީ ޙަރަކާތްތެރި ވަމުންނެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 758 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429