ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

އަލްމަނާސިކް ޙައްޖު ގުރޫޕް މަދީނާގައި

9 ނޮވެމްބަރ 2009

 : 


 

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން އަލްމަނާސިކް ގުރޫޕްގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން މިއަދު މަދީނާއަށް ހިނގައްޖެއެވެ. މިއަދު ހެނދުނު ސުޢޫދީ ގަޑިން 8 ޖެހިއިރު މައްކާއިން ފުރި ގުރޫޕްގެ ޙައްޖުވެރިންނަށް މަދީނާގައި ތިބުމަށް ހަމަޖައްސާފައިވާ ހޮޓަލަށް ދެވުނީ ހަވީރު 4 ގަޑި 30 ގައެވެ.

މި ގުރޫޕްގެ ޙައްޖުވެރިން މަދީނާގައި ތިބޭ ހޮޓަލަށް ދިޔައިރު މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ތަޢުލީމް ޙާޞިލު ކުރައްވާ ދިވެހި ދަރިވަރުން، ޙައްޖުވެރިންގެ އިސްތިޤްބާލުގައި ތިބިއެވެ. އަދި ރޭގެ ވަރަށް ދަންވަންދެން ޙައްޖުވެރިންނަށް އެހީތެރިވުމުގައި ޙައްޖުވެރިންނާއެކު އެކުދިން ތިބިކަމަށް ނޫރުލްއިސްލާމްއަށް މަޢުލޫމާތު ލިބިފައިވެއެވެ. މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުން، ކޮންމެ އަހަރަކުވެސް ޙައްޖުވެރިންނަށް އެހީތެރިވުމުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.

މަދީނާގައި މިގުރޫޕްގެ ޙައްޖުވެރިން 4 ދުވަހު މަޑުކުރާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މަދީނާގެ ބައެއް ތަންތަން ބަލާލުމަށް ދަތުރު ކުރާނެކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

އަލްމަނާސިކްގެ ޙައްޖުވެރިން މަދީނާއަށް ޒިޔާރަތް ކުރުމުން، މިއަހަރު ޙައްޖު އަދާކުރުމަށް އައި ގުރޫޕްތަކުގެ ތެރެއިން މަދީނާއަށް ޒިޔާރަތްކުރި ގުރޫޕްތަކުގެ ޢަދަދު 3 އަށް އެރީއެވެ. އަލްމަނާސިކް ގުރޫޕްގެ ކުރިން، އަލްޚައިރާއި އައްޞަފާ ގުރޫޕްގެ ޙައްޖުވެރިންވަނީ މަދީނާއަށް ޒިޔާރަތްކޮށްފައެވެ.

ނޫރުލްއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި ކުރިއަށްއޮތް 2 ހަފްތާގެ ތެރޭގައި ބާކީތިބި ދިވެހި ޙައްޖުވެރިންވެސް މަދީނާއަށް ޒިޔާރަތް ކުރާނެއެވެ.

 =ޚަބަރު: ނޫރުލްއިސްލާމް=

 

 




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 701 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429