ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

އަލްމަނާސިކް ޙައްޖު ގުރޫޕް މަދީނާގެ ބައެއް ތަންތަނަށް ޒިޔާރަތް ކޮށްފި

9 ނޮވެމްބަރ 2009

 : 


 

9 ނޮވެމްބަރ 2009، މަދީނާ

 

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން އަލްމަނާސިކް ގުރޫޕްގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން މިއަދު މަދީނާގެ ބައެއް ތަންތަނަށް ޒިޔާރަތް ކޮށްފިއެވެ. މިއަދު މެންދުރުފަހު ސުޢޫދީ ގަޑިން 2:30 ގައި ފެށި މި ޒިޔާރަތުގެ ދަތުރުގައި ޙައްޖުވެރިން ޒިޔާރަތް ކޮށްފައިވަނީ އުޙުދު ހަނގުރާމަ ހިނގި މައިދާނަށާއި، ޤުބާ މިސްކިތަށެވެ.

މި ދަތުރުގައި ޙައްޖުވެރިން އެންމެ ފުރަތަމަ ދިޔައީ އުޙުދުގެ މައިދާނަށެވެ. އެތަނުގައި އުޙުދު ހަނގުރާމަ ހިނގި ގޮތާއިމެދު ޙައްޖުވެރިންނަށް މައުލޫމާތު ދެއްވީ އަލްމަނާސިކް ގުރޫޕްގެ ޝައިޚް، ފަޟީލަތުއްޝައިޚް ޢަލީ ޝަރީފްއެވެ. އުޙުދަށްފަހު ޙައްޖުވެރިން ދިޔައީ ޤުބާ މިސްކިތަށެވެ. އެ މިސްކިތުގައި ޢަޞްރު ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު ޙައްޖުވެރިންގެ ތިންވަނަ މަންޒިލަކަށްވީ ކަދުރު ދަނޑެއް ބަލާލަން ދިޔުމެވެ.

4 ބަހުގައި ކުރި މި ދަތުރުގައި ޙައްޖުވެރިންނަށް އެހީތެރިވުމަށާއި ދީނީ ގޮތުން އިރުޝާދު ދެއްވުމަށް މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ބައެއް ދަރިވަރުން ޙަރަކާތްތެރި ވިއެވެ.

މީގެ އިތުރުން އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި މަސްޖިދުއްނަބަވީއަށް ޒިޔާރަތް ކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އަލްމަނާސިކްގެ ޙައްޖުވެރިން އެނބުރި މައްކާއަށް ދާނީ 12 ނޮވެމްބަރ 2009 ވާ ބުރާސްފަތި ދުވަހުގައެވެ. އަދި އޭގެ ފަހު ދުވަހު ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް ޒިޔާރަތް ކުރާނެކަމަށްވެސް ނޫރުލްއިސްލާމްއަށް ޚަބަރު ލިބިފައިވެއެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1049 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429