ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

ޒަޢީ ގުރޫޕް މަދީނާގައި، އަލްމަނާސިކްގެ ޙައްޖުވެރިން މައްކާއަށް ފުރައިފި

12 ނޮވެމްބަރ 2009

ޚަބަރު : ނޫރުލްއިސްލާމް


 

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން ޒަޢީ ގުރޫޕްގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން މަދީނާއަށް ޒިޔާރަތް ކުރަމުން އެބަ ގެންދެއެވެ. މި ގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް ގޮސްފައިވަނީ މިމަހުގެ 10 ވީ އަންގާރަ ދުވަހުގައެވެ.

ޒައީ ގުރޫޕްގެ ޙައްޖުވެރިން މަދީނާގެ މުހިއްމު ބައެއް ތަންތަނަށް ޒިޔާރަތް ކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އުޙުދުގެ މައިދާނަށާއި ޤުބާމިސްކިތަށް ކުރި މިޒިޔާރަތުގައި އިރުޝާދު ދިނުމަށާއި، އެކި ކަންކަމުގައި އެހީތެރިވުމަށް މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދިވެހި ކުދިން ތިއްބެވިއެވެ.

ނޫރުލްއިސްލާމް އަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ގުރޫޕްގެ ޙައްޖާޖީން މަދީނާއިން އެނބުރި މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ މާދަމާ ( 13 ނޮވެމްބަރު 2009 ވާ ހުކުރު ދުވަހުގަ)އެވެ.

ޒައީ ގުރޫޕްގެ އިތުރުން މިމަހުގެ 9 ވަނަ ދުވަހު މަދީނާއަށް ދިޔަ އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން މިއަދު ހެނދުނު 11:00 ހާއިރު ވަނީ މައްކާއަށް ދިޔުމަށް ފުރާފައެވެ. މިއަދު ހެނދުނު މަނާސިކް ގުރޫޕްގެ ޙައްޖުވެރިން ފުރުވުމުގައި އެހީތެރިވުމުގައިވެސް މަދީނާގައި ކިޔަވާ ދިވެހި ކުދިންގެ އެއްބާރުލުން ވަރަށްބޮޑަށް ލިބިފައިވާ ކަމަށާއި، އެކަމަށްޓަކައި އެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާކަމަށް މަނާސިކް ގުރޫޕްގެ އިސްވެރިން ނޫރުލްއިސްލާމަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ.

މިއަހަރު ޙައްޖަށް މީހުން ގެނައި ގުރޫޕްތަކުގެ ތެރެއިން މިހާތަނަށް މަދީނާއަށް ޒިޔާރަތް ކޮށްފައިވަނީ، އަލްޚައިރު، އައްޞަފާ، އަލްމަނާސިކް އަދި ޒަޢީ ގުރޫޕްގެ ޙައްޖުވެރިންނެވެ.

ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ސިސިލްފަރު ގުރޫޕާއި އަތަމާގެ ޙައްޖުވެރިންވެސް މަދީނާއަށް އަންނާނެކަމަށް ނޫރުލްއިސްލާމް ޓީމަށް ވަނީ ޚަބަރުލިބިފައެވެ.

12 ނޮވެމްބަރ 2009




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 687 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429